Live 5,570 stories Updated Oct 15, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ލިޔުންތެރިންގެ ދަތިތަކަށް ހައްލު ހޯދައިދޭނަން: ހީނާ

ލިޔުންތެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތަކާއި ހިޔާލުތައް އަޑުއައްސަވައި، އެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވައި، އެ ދާއިރާގެ މިހާރުގެ ހާލަތު އިތުރަށް ރަނގަޅުކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ޑިސެބިލިޓީ އެމްބެސެޑަރުން އައްޔަންކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުން އަންނަ މަސައްކަތްތަކުގައި މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ޝާމިލުކުރުމުގެ ގޮތުން "ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)" އެމްބެސެޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

އަންނަ ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި 14 މިސްކިތެއް ހުޅުވޭނެ: ޝަހީމް

ބަރަކާތްތެރި ރަމަޟާން 1448ގެ މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 14 މިސްކިތެއް ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާއި އަުގާފައި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާނުކުރައްވައިފިއެވެ.

ނަޒީމް އާއި އަފީފް ސްޓޭޓް މިނިސްޓަރުންގެ މަގާމަށް

ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސެއިން އާއި އާރްޑީސީގެ އެމްޑީގެ މަގާމުން ވަކިކުރި އިބްރާހިމް ނަޒީމް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަންކޮށްފިއެވެ.

އާރްޑީސީގެ އެމްޑީކަމުން ނަޒީމް ވަކިކޮށް، ސައުދީއާ ހަވާލުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަޒީމް ވަކިކޮށް، އެކްޓިންގް މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގް ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އައްޔަންކޮށްފިއެވެ.

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އި…

ރާއްޖޭގައި ހުންނަ ޖަރުމަނު ކޮންސުލް އޮފީހުގެ ޚިދުމަތް އަލުން ފަށައިދޭން އެދެފި

ދިވެހިރާއްޖޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސުލްގެ އޮފީސް ބަންދުކުރުމާ ގުޅިގެން އެ އޮފީހުގެ ޚިދުމަތް އަލުން ފަށައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީއެއް އެކުލަވައިލައިފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފިއެވެ.

Loading fresh headlines…