ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަޒީމް ވަކިކޮށް، އެކްޓިންގް މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގް ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން,ޕީސީބީ އިން މިއަދު ބުނީ މި ބަދަލު ގެނެސްފައި ވަނީ އިއްޔެ ކަމަށެވެ. ނަޒީމް އާރްޑީސީގެ އެމްޑީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.
އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރައްވާފައި ވަނީ މިދިޔަ ސެޕްޓެންބަރު މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަދި މިއީ މަޝްރޫއުތައް އަވަސްކޮށް، ކުންފުނި ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އެޅިގެންދާ ފިޔަވަޅެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ައެ ދެ ކުންފުނި އެއްކޮށްލުމުން މާޖް ކުރުމުގެ ތެރެއިން އާރްޑީސީގެ 4000 ވަރަކަށް މުވައްޒަފުން އެމްޓީސީސީގެ ދަށަށް ބަދަލުވެގެން ދާނެއެވެ.