Live 3,172 stories Updated Dec 4, 2025
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ނަހުލާ އާޒިމަށް: އެގްރިމަންޓް ވީދާލާ އޭގެން ރޮކެޓް ހެދިޔަސް އެއީ ބެހޭކަމެއް ނޫން

ވިލިމާލޭގައި އައުޓްޑޯ ޖިމް ހަދަން ހަވާލު ކުރި ކުންފުންޏާ ބިން ހަވާލު ކުރި ލިޔުން ވީދާލީ އޮޅުވާލައިގެން ތާރީހު ބަދަލުކޮށްގެން އެކަން ކޮށްފައިވާތީ ކަމަށާއި އެެއީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އާއި ބެހޭކަމެއް ނޫންކަމަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާ…

އޮޕަރޭޝަން އަލިމަގު: އައްޑޫއިން ޑްރަގް ނެޓްވޯކެއްގެ އިސްވެރިއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ "އަލިމަގު" އޮޕަރޭޝަންގައި އައްޑޫ ސިޓީއިން މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސެޓްފިކެޓާ ނުލައި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން ދެ މުވައްޒަފަކަށް ދައުވާކޮށްފި

ހެލްތު ސެޓްފިކެޓާ ނުލައި ކާބޯތަކެތީގެ ޝިޕްމަންޓްތަކަކަށް ކްލިއަރެންސް ދިނުމުގެ ތުހުމަތުގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދެ މުވައްޒަފެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފިއެވެ.

މިރޭގެ ވަގުތެއްގައި ގަމުގެ ބޮޑުބަޔަކަށް ކަރަންޓް ލިބޭނެ: ފެނަކަ

ލ. ގަމުގައި ހުންނަ ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން މުޅި ރަށުން ކަރަންޓު ގޮސްފައިވީ ނަމަވެސް މިރޭގެ ވަގުތެއްގައި ކަރަންޓު ރަށުގެ ބޮޑު ބަޔަކަށް ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ބުނެފިއެވެ.

ވިސްނުމަކީ މަލްޓި ސެކްޓޯރިއަލް އެޕްރޯޗެއްގެ ތެރެއިން މަސައްކަތް ކުރުން

ވިސްނުމަކީ ވީހާވެސް ބޮޑަކަށް މަލްޓި ސެކްޓޯރިއަލް އެޕްރޯޗްއެއްގެ ތެރެއިން މަސައްކަތް ކުރުން ކަމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ގެ ޑިރެކްޓާ ޖެނެރަލް އާދިލާ ރުޝްދީ ވިދާޅުވެއްޖެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދެއް ރައީސް އަރިހަށް

ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް، ސާރާ އަލް-ސަޢީދާއި، އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ސަނީ އުމަރު 30 ދުވަހަށް ބަންދުކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، 'ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް' ގެ ވެރިޔާ ހުސައިން ސަނީ އުމަރު، 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

Loading fresh headlines…