މިއަދު ރ.އަލިފުށި އައިރިސް ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ ބުނެފިއެވެ.
އެންޑީއެމްއޭ އިން އާންމުކޮށްފައިވަ ޕޯސްޓެއްގައި ބުނީ އެގޭގައި ދިރިއުޅެމުންދާ ފަަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން އެ އޮތޯރިޓިީން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އައިރިސް ގެޔާއި އިންވެގެން ހުރި ދޯޅަބުގެ ފާރަށްވެސް މި ހާދިސާގައި ގެއްލުންވެފައިވާ ކަމަށާއި، މިހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
އެގޭގައި ރޯވިކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އިން ބުނެފައިވަނީ 2:49 ގައެވެ.
އައިރިސް ގޭގައި ރޯވެފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.