މަރަކީ ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ހަގީގަތް ކަމަށް ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "މަރު" ކަމަށް ވީއިރު ޙުތުބާގައި ބުނީ މި ހަޔާތުގައި އަހަރެމެން ބޭނުންވީމައި ލޯމަރާލައިފައި ބޭނުންވީމައި ލޯހުޅުވައިލުމަކީ ވަރަށް ފަސޭހަ ކަމެއް ނަމަވެސް ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިއާއި، މި ދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ދުނިޔެއިން ވަކިވާން ޖެހޭ ވަގުތަކީ އާދައިގެ ވަގުތެއްނޫން ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާ ކަމަށެވެ.
ޙުތުބާގައި ވަނީ މަރު އަޅަމެންނާ ބައްދަލުކުރުމުގެ ކުރީން އެ މަރަށް ތައްޔާރުވެފައިވާ ބަޔަކުކަމުގައި އަޅަމެންލެއްވުމަށާއި އަޅަމެންގެ މަރުމަތި އަމާންކުރައްވައި ހެޔޮ ނިމުމެއް އަޅަމެންނަށް މިންވަރުކުރެއްވުމަށް އެދި ދުއާކޮށްފައެވެ. އަދި މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، އެކަމަށް ތައްޔާރު ވުމަށް ޙުތުބާގައި ވަނީ އިލްތިމާސް ކޮށްފައެވެ.