Live 3,144 stories Updated Jan 13, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ކެންޑިޑޭޓުންނާއި ވޯޓު ލާ މީހުންވެސް ރިޝްވަތުން ދުރުވުމަށް އިލްތިމާސްކޮށްފި

އިންތިޚާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ ޢަމަލުތަކުން ދުރުހެލިވެތިބުމަށާއި، އާންމު އިންތިޚާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ޙުރުމަތްތެރިކޮށް ހިތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން އިލްތިމާސް ކޮށްފި އ…

އިރާނުގައި އިންޓަނެޓްގެ ޚިދުމަތް އަލުން ދެނީ

އިރާނުގެ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ކުރިޔަށްގެންދާ މުޒާހަރާ ވަރުގަދަވާން ފެށުމުން އިރާނުން ކަނޑާލާފައިވާ އިންޓަރނެޓްގެ ޚިދުމަތް ވަރަށް އަވަހަށް ދޭނެކަމަށް އެގައުމުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގާޗީ ވިދާޅުވެއްޖެއެވެ.

ތަރައްގީއަށް ކައުންސިލުތަކުން ހުރަސްއަޅާކަމަށް ރައީސް ވިދާޅުވުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފި

ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުން މައި އިދިކޮޅު ޕާޓީ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް ވޯކް އިން އިންޓަވިއުއެއް ބާއްވަނީ

ސަރުކާރުން މާލެ ސަރަހައްދުގައި ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ޓެކްސީ ލައިނަށް ޕާޓް ޓައިމް ޓެކްސީ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވޯކް އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރުކުރުމަށް އަނެއްކާވެސް އެދިއްޖެ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ކުރިންނާއި އަދި އެނބުރި ރާއްޖެ އައުމުގެ ކުރިން، މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް އެދިއްޖެއެވެ.

ޝަހީދު ޢަލީ ސްކޫލް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް މިނިސްޓަރ ބައްލަވައިލައްވައިފި

ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ބިނާކުރާ "ޝަހީދު ޢަލީ ސްކޫލް" ގެ މަސައްކަތް ކުރިއަށްދާ ގޮތް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު މިއަދު ބައްލަވައިލައްވައިފިއެވެ.

ވޯޓާސް ލިސްޓަށް މިހާތަނަށް އައިއިރު 128 ޝަކުވާ ހުށަހަޅައިފި

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން މިހާތަނަށް އައިއިރު 128 ޝަކުވާ…

Loading fresh headlines…