މާކެޓުގައި ދައުރުވަމުންދިޔަ ތިން ބިލިއަން ރުފިޔާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވައްދައިފިއެވެ.
ތިން ބިލިއަން ރުފިޔާ އެމްއެމްއޭ އަށް ވައްދާފައި ވަނީ ދިވެހި ރުފިޔާގެ އަގު ދަށްވެ ޑޮލަރުގެ އަގު މަތިވަމުންދާތީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ގޮތުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށް
ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް،އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސަރުކާރުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ ހުރި އިރު އެއީ ސަރުކާރުން އެކި ދުވަސްވަރު މަތިން ޗާފުކޮށްފައިވާ ފައިސާގެ އަދަދެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާ 21 ޕަސެންޓް އިތުރުވެފައިވާއިރު، މިދިޔަ އަހަރު އިގްތިސާދުގައި ގާތްގަނޑަކަށް 72 ބިލިއަން ރުފިޔާ ވަނީ ދައުރުވެފައެވެ.