ޔޫއެންގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހުށަހެޅި ގަރާރަށް ރަޝިޔާއިން ދެކޮޅު ހަދައިފިއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާ ދިނުން ހުއްޓާލާ އެ ކަނޑުއޮޅި އާންމު ދަތުރުފަތުރުތަކަށް ހުޅުވާލުމަށް ގޮވާލާފައެވެ.
ޔޫއެންއަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވަސީލީ ނެބެންޒިއާ ވަނީ، ޕާޝިއަން ގަލްފްގެ ކަނޑުގެ ސަލާމަތާ ގުޅޭގޮތުން ޔޫއެންގެ ސަލާމަތީ މަޖިލީހުގައި ބޭއްވި މަޝްވަރާތަކުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ހުށަހެޅި ގަރާރު ގަބޫލުނުކުރައްވާނެކަން ކަނޑައެޅިގެން ހާމަކުރައްވާފައެވެ.
އަދި މިއީ އީރާން އެކަހެރިކުރުމަށް އެމެރިކާއިން ކުރާ މަސައްކަތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި މަޝްވަރާތަކުގައި އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ދަނީ އީރާނުގެ ދިފާއީ ފިޔަވަޅުތަކަށް އަމާޒުކޮށް ގަރާރުތަކެއް ފާސްކުރަން މަސައްކަތް ކުރަމުންނެވެ.
ރަޝިޔާއިން ބުނާ ގޮތުގައި، ސަރަހައްދީ ހަމަނުޖެހުންތަކުގެ އަސްލު ސަބަބުތައް ކަމުގައިވާ އެމެރިކާ އާއި އިސްރާއީލުގެ އުދުވާނުތަކަށް ނުބަލައި، ހަމައެކަނި އީރާނަށް އަމާޒުކޮށް ހުށަހަޅާ އެއްވެސް ލިޔުމަކަށް އެ ގައުމުން ތާއީދެއް ނުކުރާނެއެވެ.
ވަކި ފަރާތަކަށް ޖެހިފައިވާ މިފަދަ ގަރާރުތަކުގެ ސަބަބުން މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވެދާނެ ކަމުގެ އިންޒާރުވެސް ރަޝިޔާގެ މަންދޫބު ވަނީ ދެއްވާފައެވެ.
ކަނޑު ދަތުރުފަތުރުގެ ސަލާމަތް ކަށަވަރުކުރެވޭނީ ވަކި ފަރާތަކަށް ތުހުމަތުކުރުމުގެ ބަދަލުގައި، މިހާރު ހިނގަމުންދާ ހަނގުރާމަތައް ހުއްޓާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގައި ޗައިނާއިން ވެސް ރަޝިޔާގެ ވިސްނުމަށް ތާއީދުކުރެއެވެ.
ޔޫއެންގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހުށަހެޅި ގަރާރަށް ރަޝިޔާއިން ދެކޮޅު ހަދާފައި ވާއިރު އީރާނުން ބުނަމުންދަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުން ފަދަ ފިޔަވަޅުތަކަކީ ބޭރުގެ އުދުވާނުތަކުން ސަލާމަތްވުމަށާއި އެ ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް އަޅާ އުސޫލީ ފިޔަވަޅުތަކެއް ކަމަށެވެ.
މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ކުއްލި ހަނގުރާމައެއްގެ ސަބަބުން، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ބައެއް އޮފިޝަލުން ވަނީ ޝަހީދުވެފައެވެ.
އީރާނުގެ އަސްކަރިއްޔާއިން މީގެ ރައްދުގައި ހަފުތާތަކެއް ވަންދެން، އިސްތިއުމާރުކޮށްފައިވާ ބިންތަކާއި ޕާޝިއަން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައިވެއެވެ.
40 ދުވަހުގެ ތެރޭގައި ދެ ފަރާތުން ހަނގުރާމަކޮށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އީރާނުގެ ރައްދު ފިޔަވަޅުތަކުގެ ތެރޭގައި، ދުޝްމަނުންނާއި އެމީހުންގެ ބައިވެރިންގެ އުޅަނދުފަހަރަށް ހުރުމުޒު ކަނޑުއޮޅި ބަންދުކުރުން ވެސް ހިމެނެއެވެ.
އޭގެ ފަހުން އީރާނުން ވަނީ އެ ކަނޑު އޮޅީގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އުޅަނދުފަހަރު ދަތުރުކުރެވޭނީ އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށް ކަނޑައަޅާފައެވެ. ޔޫއެންގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހުށަހެޅި ގަރާރަށް ރަޝިޔާއިން ދެކޮޅު ހަދައިފިއެވެ.
ޔޫއެންއަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވަސީލީ ނެބެންޒިއާ ވަނީ، ޕާޝިއަން ގަލްފްގެ ކަނޑުގެ ސަލާމަތާ ގުޅޭގޮތުން ޔޫއެންގެ ސަލާމަތީ މަޖިލީހުގައި ބޭއްވި މަޝްވަރާތަކުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ހުށަހެޅި ގަރާރު ގަބޫލުނުކުރައްވާނެކަން ކަނޑައެޅިގެން ހާމަކުރައްވާފައެވެ.
އަދި މިއީ އީރާން އެކަހެރިކުރުމަށް އެމެރިކާއިން ކުރާ މަސައްކަތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި މަޝްވަރާތަކުގައި އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ދަނީ އީރާނުގެ ދިފާއީ ފިޔަވަޅުތަކަށް އަމާޒުކޮށް ގަރާރުތަކެއް ފާސްކުރަން މަސައްކަތް ކުރަމުންނެވެ.
ރަޝިޔާއިން ބުނާ ގޮތުގައި، ސަރަހައްދީ ހަމަނުޖެހުންތަކުގެ އަސްލު ސަބަބުތައް ކަމުގައިވާ އެމެރިކާ އާއި އިސްރާއީލުގެ އުދުވާންތަކަށް ނުބަލައި، ހަމައެކަނި އީރާނަށް އަމާޒުކޮށް ހުށަހަޅާ އެއްވެސް ގަރާރަކަށް އެ ގައުމުން ތާއީދެއް ނުކުރާނެއެވެ.
ވަކި ފަރާތަކަށް ޖެހިފައިވާ މިފަދަ ގަރާރުތަކުގެ ސަބަބުން މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވެދާނެ ކަމުގެ އިންޒާރުވެސް ރަޝިޔާގެ މަންދޫބު ވަނީ ދެއްވާފައެވެ.
ކަނޑު ދަތުރުފަތުރުގެ ސަލާމަތް ކަށަވަރުކުރެވޭނީ ވަކި ފަރާތަކަށް ތުހުމަތުކުރުމުގެ ބަދަލުގައި، މިހާރު ހިނގަމުންދާ ހަނގުރާމަތައް ހުއްޓާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގައި ޗައިނާއިން ވެސް ރަޝިޔާގެ ވިސްނުމަށް ތާއީދުކުރެއެވެ.
ޔޫއެންގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހުށަހެޅި ގަރާރަށް ރަޝިޔާއިން ދެކޮޅު ހަދާފައި ވާއިރު، އީރާނުން ބުނަމުންދަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި ވަނީ ބޭރުގެ އުދުވާނުތަކުން ސަލާމަތްވުމަށާއި އެ ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ކުއްލި ހަނގުރާމައެއްގެ ސަބަބުން، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ބައެއް އޮފިޝަލުން ވަނީ ޝަހީދުވެފައެވެ.
އީރާނުގެ އަސްކަރިއްޔާއިން މީގެ ރައްދުގައި ހަފުތާތަކެއް ވަންދެން، އިސްތިއުމާރުކޮށްފައިވާ ބިންތަކާއި ޕާޝިއަން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައިވެއެވެ.
40 ދުވަހުގެ ތެރޭގައި ދެ ފަރާތުން ހަނގުރާމަކޮށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އީރާނުގެ ރައްދު ފިޔަވަޅުތަކުގެ ތެރޭގައި، ދުޝްމަނުންނާއި އެމީހުންގެ ބައިވެރިންގެ އުޅަނދުފަހަރަށް ހުރުމުޒު ކަނޑުއޮޅި ބަންދުކުރުން ވެސް ހިމެނެއެވެ.
އޭގެ ފަހުން އީރާނުން ވަނީ އެ ކަނޑު އޮޅީގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އުޅަނދުފަހަރު ދަތުރުކުރެވޭނީ އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށް ކަނޑައަޅާފައެވެ.