ެއިޒްރޭލުން ފަލަސްތީނުގެ ނަސްލުނައްތާލުމަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގަައި ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 72,619 އަށް އަރައިފިއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، 7 އޮކްޓޯބަރު 2023 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލުގެ އުދުވާނުތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 72,619 އަށް އަރާފައެވެ.

އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4 މީހުން ޝަހީދުވެފައިވާއިރު، 16 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޝަހީދުވި މީހުންގެ ތެރެއިން 3 މީހުންނަކީ އިސްރާއީލުން މި ފަހުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންނެވެ. އަދި އަނެއް މީހާގެ ހަށިގަނޑު ފެނިފައި ވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ވަނީ އިމާރާތްތަކުގެ ބައިތަކުގެ ދަށުގައާއި މަގުމަތީގައެވެ.

ނަމަވެސް، ހަމަލާތައް ކުރިއަށްދާ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެ ސަރަހައްދުތަކަށް ވާސިލްވުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

އެ މިނިސްޓްރީން ބުނީ އޮކްޓޯބަރު 11 ގައި ސުލްހަ އިއުލާންކުރި ފަހުން، މިހާތަނަށް 837 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އަދި 2,381 މީހުން ވަނީ ޒަހަމްވެފައި ވާއިރު އެ މުއްދަތުގެ ތެރޭގައި އިމާރާތްތަކުގެ ދަށުން 769 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ ހަނގުރާމަ ފެށުނު ފަހުން ޣައްޒާގައި ޖުމްލަ ޝަހީދުވި މީހުންގެ އަދަދު 72,619 އަށް އަރާފައިވާއިރު، ޒަހަމްވި މީހުންގެ ޖުމްލަ އަދަދަކީ 172,484 ކަމަށެވެ.