ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ހިނގި އެކްސިޑެންޓެއްގައި 17 ސައިކަލަކަށް ގެއްލުންވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާލެ، ލޮނުޒިޔާރަތް މަގުގައި ޕާކް ކޮށްފައިހުރި ސައިކަލު ތަކެއްގައި، އެ މަގުން ދަތުރު ކުރި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 ރޭ ދަންވަރު 00:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ޖުމުލަ 19 ސައިކަލު ވެއްޓި، 17 ސައިކަލަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

އަދި އޭގެތެރެއިން 10 ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.