ފުލުހުންގެ ބަންދުގައި ހުރި މީހަކު ފަރުވާއަށް ގެނެސް އެޑްމިޓްކޮށްފައި އޮއްވާ ފިލައިފި އެވެ.

ފުލުހުން މިރޭ ބުނީ ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މެއި 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.

ނަމަވެސް އެ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.