Live 3,144 stories Updated Jan 13, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

އީރާނަށް އެމެރިކާ ބާރު ފޯރުވުމާއިދެކޮޅު، ނަމަވެސް މުޒާހަރާއަށް ތާއިދުކުރަން: ނަޝީދު

އީރާނާއި ދެކޮޅަށް އެމެރިކާއިން ބާރުގެ ބޭނުން ކުރުމާއި ދެކޮޅު ހައްދަވާ ކަމަށާއި ނަމަވެސް އީރާންގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ޒުވާނުންނަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ

ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ދަށަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހުރިހާ ފާމަސީއެއް ބަދަލުކުރުމުގެ މަރުހަލާ އަންނަ ހަފްތާގައި ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

ރޯދައަށް ހުޅުމާލެ ފޭސް ދޭއްގައި ލޯކަލް މާރުކޭޓެއް ހަދަނީ

ރަމަޟާން މަހަށް ޚާއްސަކޮށް ފަސޭހަ ކަމާއިއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެވޭނެ މަގު ފަހިކޮށްދިނުމަށް ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފި އެވެ.

މިނިސްޓަރު ޠާރިޤް އައިރީނާގެ ޑައިރެކްޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) ގެ ޑައިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާއާ ބައްދަލުކުރައްވައިފިއެވެ.

އޮޕަރޭޝަން އަލިމަގު: ވިލިނގިލިން ހައްޔަރުކުރި މީހުންގެ އެކައުންޓްތަކުގައި 300މިލިއަން ދައުރުވި

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން 2026 ޖަނަވަރީ 11ވަނަ ދުވަހު ގއ.އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި 4 މީހުނ…

އޮޕަރޭޝަން "އަލިމަގުން" ހައްޔަރުކުރި ސަރުކާރުގެ ޕީޑީ މަގާމުން ވަކިކޮށްފި

"އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިއަދު އިއްޔެ ހަައްޔަރުކުރި އިކޮނޮމިކް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓާގެ މަގާމުގައި ހުންނެވި ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ)، އެ މަގާމުން ވަކިކޮށްފިއެވެ.

ރިޓަޔާވެ އެހެން މަގާމެއް އަދާކުރާނަމަ ސިފައިންނަށް ވެސް ދެން އެލަވަންސް ނުލިބޭނެ

ދިވެހި ސިފައިންގެ ވަޒީފާއިން ރިޓަޔާވުމަށްފަހު، ދައުލަތުގެ އެހެން މަގާމެއް އަދާކުރާ ފަރާތްތަކަށް ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް "ސިފައިންގެ ރިޓަޔަމަންޓް ގަވާއިދު" އަށް އިސްލާހު ގެނެސްފިއެވެ.

ކައުންސިލް އިންތިހާބު: އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރަން ފަށައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އަތޮޅު ތެރޭގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

މިނިސްޓަރު ތޯރިގް ޔޫއޭއީގެ ތިމާވެށީގެ މިނިސްޓަރާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގް އިބްރާހީމް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ޑރ. އާމިނާ އަލް ދަހާކްއާ ބައްދަލުކުރައްވައިފިއެވެ.

Loading fresh headlines…