ހުޅުމާލެ ބޭރުގައި އަޅާފައި އޮތް ސަފާރިއެއްގައި ރޯވެ އަނދަމުން އެބަ ދެއެެވެ.
އެމްއެންޑީއެފްއިން ބުނީ ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިއީ މިއަދު ހިނގި ދެވަނަ އަލިފަނުގެ ހާދިސާއެވެ. މީގެ ކުރިން ގުޅީފަޅު ކައިރީގައި އޮތް ދޯންޏެއްގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.