ހުޅުމާލެ ފަޅު ކައިރީގައި އަޅާފައި އޮތް "އެމްޕެރޯ އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ހަވީރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދު އެކޮއް އަނދައިފިއެވެ.

އަދި އަލިފާނުގެ ސަބަބުން ދުމުގެ އަސަރުކޮށްގެން ދެ މީހަކަަށް ހޮސްޓަލްގައި ފަރުވާ ދޭން ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިސާން ރޯވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:55 އެހައިކަންހާއިރުއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.