ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނު ސަރަހައްދުގައި ދަނީ ވައި ގަދަވަމުން ކަމަށާއި އަދި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރު، ޓްރަޕްގެ ސަބަބުން އެސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަ ކަމަށެވެ.

އެގޮތުން ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެހެން ކަމުން ކުރިއަށް އޮތް 5 ދުވަސް ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ، ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

މި ދުވަސްވަރަކީ ވިއްސާރަ ކުރާ ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތް ތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނޠ އިލްތިމާސް ކޮށްފައެވެ.