Live 4,847 stories Updated Jul 15, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ރާއްޖޭގައި ސައިބާ ކުށްތައް އިތުރުވަނީ، މައިގަނޑު ސަބަބަކީ އޮންލައިން ޝޮޕިންގ ސްކޭމްތައް

ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއިދޭ ބިލު ބަލައިގެންފި

ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކޮށް، ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް ހިމަނައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

6 މަސް ދުވަހުގެ ތެރޭގައި ބ. ކުޑަރިކިލުގައި އައިސް ޕްލާންޓެއް ގާއިމްކުރަނީ

ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ބ. ކުޑަރިކިލުގައި އައިސް ޕްލާންޓެއް ގާއިމްކޮށް ހިދުމަތްދޭން ފެށޭނެ ކަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކަންނެލި ބަންދުކުރާނެ ފެކްޓަރީއެއް ގާއިމްކުރަން ހަވާލުކޮށްފި

ހުޅުމާލޭގައި 100 މެޓްރިކްސް ޓަނުގެ ކަންނެލި ބަންދު ކުރާނެ ފެކްޓަރީއެއް ގާއިމްކުރުމަށް މިދިޔަ ހަފްތާ ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

2021 ވަނަ އަހަރު އަމަލުކުރަން ފެށި ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައިފިއެވެ.

ފެންހޮޅީގެ މައްސަލަ ހައްލުކުރަން އެދުނިން، ހައްލުނުކޮށް ތާރު އެޅީ މި ސަރުކާރުން: ސޯބެ

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އިރު، އައްޑޫގެ މަގުތަކުގެ ފެންހޮޅީގެ މައްސަލަ ހައްލުކުރަން އެދިފައިވާނެ ކަމަށާއި، އެ މައްސަލަ ހައްލުނުކޮށް ތާރު އެޅީ މި ސަރުކާރުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ…

Loading fresh headlines…