ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މިކަން ފުލުހުނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:55 އެހައިކަންހާއިރު ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ ޢަލީ ޢަބްދުﷲ (82އ) އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.