Live 6,010 stories Updated Sep 3, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!

ސްޓެލްކޯގެ މުވައްޒަފުންނަށް އެޗްއާރު ޑިޕާޓްމަންޓުން ގުޅައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ވަނުމަށާއި، ޕާޓީއަށް ވަތްކަން އެނގޭ ސްކްރީންޝޮޓް ފޮނުވުމަށް އަންގަމުންދާކަން ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް މެދުވެރިކޮށް ސާފުވެއްޖެ އެވެ.

ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!

ރަށްރަށުގައި ހުރި ފެނަކަ އޮފީސްތަކުގައި މަސައްކަތް ކުރާ އެމްޑީޕީއަށް އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މުވައްޒަފުން ޕީއެންސީއަށް ސޮއިކުރުމަކީ ވަޒީފާ ހިމާޔަތް ކުރަން ލިބެނެ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ވަންނަން މަޖުބޫރު ކުރަމުން ދާތީ ގިނަ އަދަދެއްގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހުޅުދެލި ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ހުއްޓިފައި އޮންނަތާ 6 މަހަށްވުރެ ގިނަ ދުވަސް!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ދ. ހުޅުދެލި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ހުއްޓިފައިވާކަން ހާމަވެއްޖެ އެވެ.

ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު

ށ. އަތޮޅު، އަތޮޅު ކައުންސިލް އިދާރާ އިން ތަޖުރިބާ ހޯދުމަށް ކޮށްފައިވާ ދަތުރަކަށް 2 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާއިރު މި ޚަރަދަކީ ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތާ ކޮށްފައިވާ ޚަރަދެއް ނޫން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް ނެތް، މިހާރު ކަޑައްތު ކުރަމުންދާ މުއްދަތުގައި ހޯދަނީ ދިރިތިބޭނެ ގޮތެއް: އިހުސާން

ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އިތުރު އާމްދަނީއެއް ހޯދުމަށް ވުރެ ބޮޑަށް ރަށްރަށުގައި ތިބި އާއިލާތަކުން ދަނީ ކައިގެން ބޮއެގެން އުޅެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއ…

ބަރިސްޓާ ޗެލެންޖު މޯލްޑިވްސް 2026: މުބާރާތުގެ ގައުމީ ފައިނަލަށް 10 ބަރިސްޓާ އިން ހޮވިއްޖެ!

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ކޮލިފަޔަރ ބުރު ނިންމާލައި، މުބާރާތުގެ ގައުމީ ފައިނަލަށް 10 ބަރިސްޓާއަކު ހޮވިއްޖެ އެވެ. ޔޫރޯ މާކެޓިންގްގައި ހުންނަ ލަވާޒާ ބަރިސްޓާ ޓްރެއިނިންގް ސެންޓަރުގައި އޮގަސްޓު މަހުގެ 30 އިން 31 އަށް ކުރިއަށްދިޔަ މި ކޮލިފަޔަރ ބުރަކީ ވަރަށް ވާދަވެރި ހަރަކާތެކެވެ.

ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!

ބޭރުފައިސާގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގު ކުރުމާއެކު، ރިސޯޓުތަކުގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު ބޭންކުތަކަށް މާރުކުރުން ލާޒިމުވުމާއެކު، ރިސޯޓުތައް ހިންގުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

މާލެ އާއި ވިލިމާލެ އާ ދެމެދު އިންޑިއާ ސަރުކާރުން އަޅާ ބްރިޖުގައި ހިންގަވާފައި ވަޑައިގަތުމާއެކު "އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކަށް އަރައިފި އެވެ.

ހިރިމަރަދޫ ކައުންސިލް އުވާލި މައްސަލައިގައި އެމްޑީޕީ އިން އެޗްއާރުސީއެމް އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފި

ހއ. ހިރިމަރަދޫ އަކީ ފަޅު ރަށެއް ކަމަށް ކަނޑައަޅައި، އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނުން ހިންގުމުގެ ގާނޫނާ ޚިލާފަށް އެ ރަށުގެ ކައުންސިލް އުވާލި މައްސަލައިގައި އިދިކޮޅު އެމްޑީޕީ އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފި އެވެ…

މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "މާލޭ ޓެކްސީ ލައިން" މަޝްރޫއާ ގުޅޭގޮތުން ހުށަހަޅާފައިވާ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

Loading fresh headlines…