މާލެ ބޮޑުތަކުރުފާނު މަގުގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ. 

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ މާލެ، ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ކައިރީ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ 17:10 އެހައިކަންހާއިރު ފުލުހުން ބުނެފައިވެ އެވެ. 

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 69 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ސައިކަލު ފަހަތުގައި 72 އަހަރުގެ ދިވެހި އަންހެނެއް އިން ކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި މި ދެމީހުންނަށް ވެސް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނި އެވެ. 

ނަމަވެސް  އެމީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.