Live 5,246 stories Updated Apr 8, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ނުލިބޭ: ކުޑޫ

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ލިބިފައި ނުވާކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ސިމެންތި ހުސްވާ ހާލަތެއް މެދުވެރިވި ނަމަވެސް، ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެ

އެސްޓީއޯއިން ސިމެންތި ހުސްވާ ހާލަތެއް މެދުވެރިވި ނަމަވެސް، ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕަރީ ޗެޕްޓަރ 2: ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ބިރުވެރިކަމާއި ސިނަމެޓިކް ފަންނުވެރިކަމުގެ ފުރިހަމަ މިސާލެއް!

ޕަރީ ޗެޕްޓަރ 2 އަކީ ދިވެހި ބިރުވެރި ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމެކެވެ. އޭޕްރީލް 6 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއަރ ކުރި މި ފިލްމަކީ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ގެއެއްގެ ވަށައިގެން އެނބުރޭ ބިރުވެރި ހާދިސާތަކެއް ވަރަށް ފުރިހަމައަށް ސިފަކޮށްދޭ ފިލްމެކެވެ.

ސްޕޯޓްސް މިނިސްޓްރީގައި 250، އެނިމަލް މިނިސްޓްރީގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި!

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި 200ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އަދި މިނިސްޓްރީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާގައި 50ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަން ހާމަވެއްޖެ އެވެ.

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

މިސަރުކާރުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 35 ދުވަހަށް ފަހު އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް އަނެއްކާ ވެސް ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލު ގެނައިކަން އެނގުނީ ނޫހަކުން، ކުންފުނިތަކުގެ އެފަދަ ނިންމުންތައް ދެން ރައީސަށް އަންގަންޖެހޭނެ: ސައީދު

މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލު ގެނައީ ސަރުކާރަށް އެނގުމެއް ނެތި ކަމަށާއި، އެހެންނަމަވެސް ދެން ކުންފުނިތަކުން ނިންމާ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަންގަން ޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާއެކު ސަރުކާރަށް ކަންކަން މެނޭޖުނުކުރެވުމުން، އިންތިޚާބު ނިމުމާއެކު އޭގެ "ރޯޅި" އެހެން ބަޔަކަށް ބާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވ…

Loading fresh headlines…