އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފި އެވެ. 

ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދިޔަ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހޮނިހިރު ދުވަހު ޑައިވްކުރި، މަހުދީ ވަނީ ޑީކޯ ވެގެން ނިޔާވެފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް އެމްއެންޑީއެފް އަދި ފުލުހުން ވެސް ދީފައި ނުވެ އެވެ. 

ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ 2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުންނެވެ.

އެމްއެންޑީއެފް އިން ހޮނިހިރު ދުވަހު ރިޕޯޓު ކުރި ގޮތުގައި ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް ނިޔާވީ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ.

ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ބުރާސްފަތި ދުވަހު 13:45 ހާއިރު އެވެ.