މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި
ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި
ދައުވާ އުފުލާފައިވާ ކުރީގެ އިމިގްރޭޝަން
ކޮންޓްރޯލަރު، ޝަމްއާން ވަހީދަށް ޙުކުމް ކުރުމުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ޝަމްއާންގެ މައްޗަށް ތިން ދައުވާ އެއް ދައުލަތުން
އުފުލާފައިވެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ސްމީ ހައިސިއްޔަތު ނަހަމަ
ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް
ކޯޓުގައި މިވަގުތު ކުރިއަށްދާއިރު މިހާރު މައްސަލަ އޮތީ ޙުކުމުގެ މަރުޙަލާގައެވެ.

މި މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން ބުރާސްފަތި
ދުވަހަށް ތާވަލުކުރިނަމަވެސް، އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ، ޝަމްޢާން
ވަޙީދުގެ ދިފާޢީ ވަކީލު ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވުމުން 13:00 އަށް ކްރިމިނަލް
ކޯޓުގެ ބީޓޫ ސެކްޝަންގައި ތާވަލުކުރެވިފައިވާ އަޑުއެހުން ކެންސަލް ކުރުމަށް އެދިވަޑައިންނަވާފައިވާތީ
އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝަމްއާންގެ އާއިލާއިން ކުރިން
ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ
މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ
ގޮތުން ކަމަށެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް
ސަބަބަކީ، އޭނާ ގެ އަތުގައި އިހުސާންގެ ވީޑިއޯއެއް އޮތްކަން އިހުސާނަށް
އެނގިލެއްވުމުން ކަމަށް އެ އާއިލާއިން ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީ ހިންގުމާއި
އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް
ހިންގައިފައި ކަމަށް އާއިލާއިން ތުހުމަތުކުރި އެވެ. އަދި ޝަމްއާން ބަންދު ކުރި
ކުރުމަކީ ފްރޭމެއް ކަމަށް ތުހުމަތު ކުރެ އެވެ.