Live 6,016 stories Updated Jul 15, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗުގެ ޚިދުމަތްފަށައި ބޭންކިންގ ވިއުގަ ފުޅާކޮށްފި އެވެ.

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒް އާއި ބައްދަލުކުރަން ބޭނުންވާ ރައްޔިތުން ނަން ނޯޓު ކުރުމަށް ރައީސް އޮފީހުން ހުޅުވާލުމާ ގުޅިގެން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި މާލޭ ގެއެއްގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި

މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ގުޅީފަޅުން ގޯތި ލިބުނުކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަން މިހާރު ވަނީ ފެށިފައި: މިނިސްޓްރީ

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަން ފަށާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މި ސަރުކާރުން މަސައްކަތްތެރިން ގެންގުޅެނީ ހިފާ ގެންގުޅޭތަކެތި ގެންގުޅޭ އުސޫލުން: މައުރޫފް

މި ސަރުކާރުން މަސައްކަތްތެރިން ދެކެނީ ހިފާ ގެންގުޅޭ ތަކެތީގެ ގޮތުގައި ކަމަށާ މަސައްކަތްތެރިން ގެންގުޅެނީ ވެސް އެގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ

ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ބޭރު ފައިސާގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކު…

ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!

ލ. ހިތަދޫ އިން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އިން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ އެއް ފޮނުއްވައިފި އެވެ.

ކުޅުދުއްފުށި ސިޓީގައި މިދިޔަ ސަރުކާރުން އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު ހުއްޓިފައި!

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު އެއްވެސް ވަރަކަށް ކުރިއަށްނުދާ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުޅުދުއްފުއްޓަށްވީ ހަމައެކަނި ވައުދަކީ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުން، މިހާތަނަށް ފެންނަން ހުރީ ބިންގަލެއް އެކަނި!

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުޅުދުއްފުށި ސިޓީއަށް ވީ ހަމައެކަނި ވައުދު ކަމަށްވާ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުމުގެ މަސައްކަތް، ބިންގާ އެޅި ހިސާބުން ހުއްޓިފައިވާތީ އެ ސިޓީގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޤާނޫނީ ނިންމުންތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުރަސްއަޅައި، ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް ބާރުތައް ނިގުޅައިގަންނަމުންދާތީ، އެކަންކަން ވަގުތުން ހުއްޓާލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.

Loading fresh headlines…