ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުޅުދުއްފުށި
ސިޓީއަށް ވީ ހަމައެކަނި ވައުދު ކަމަށްވާ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުމުގެ މަސައްކަތް،
ބިންގާ އެޅި ހިސާބުން ހުއްޓިފައިވާތީ އެ ސިޓީގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
އެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުޅުދުއްފުށި ސިޓީއަށް ވީ ހަމައެކަނި ވައުދު ކަމަށްވާ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުމުގެ މަސައްކަތް، ބިންގާ އެޅި ހިސާބުން ހުއްޓިފައި
ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުޅުދުއްފުށި ސިޓީއަށް ވީ ހަމައެކަނި ވައުދު ކަމަށްވާ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުމުގެ މަސައްކަތް، ބިންގާ އެޅި ހިސާބުން ހުއްޓިފައި

 މި މަޝްރޫއަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ
ތެރޭގައި އެ ސިޓީއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ހަމައެކަނި އަދި، އެންމެ މުހިންމު
މަސައްކަތެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރާއްޖެޓީވީއަށް
މައުލޫމާތު ދިން ގޮތުގައި، އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުމަށްޓަކައި ބޮޑު ރަސްމިއްޔާތެއް
ބާއްވައި ބިންގާ އެޅުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް
ގޮސްފައެއް ނުވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ބޭއްވި
އެ ރަސްމިއްޔާތަށް ފަހު، މިއަދާ ހަމައަށްވެސް ފެންނަން ހުރީ ހަމައެކަނި އެ ދުވަހު އެޅި
ބިންގާ އެކަނި ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުޅުދުއްފުށި ސިޓީއަށް ވީ ހަމައެކަނި ވައުދު ކަމަށްވާ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުމުގެ މަސައްކަތް، ބިންގާ އެޅި ހިސާބުން ހުއްޓިފައި

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުޅުދުއްފުށި ސިޓީއަށް ވީ ހަމައެކަނި ވައުދު ކަމަށްވާ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުމުގެ މަސައްކަތް، ބިންގާ އެޅި ހިސާބުން ހުއްޓިފައި|ރާއްޖެ އެމްވީ

މި މަޝްރޫއުގެ މަސައްކަތްތައް ލަސްވެފައިވާކަން
ފާހަގަކުރަމުން ކައުންސިލުން ބުނީ، ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ނިންމުމަށް
ވައުދުވި މި ކަމުގެ ބިންގާވެސް އަޅާފައިވަނީ އެ މުއްދަތު ހަމަވި ފަހުން 2024 ވަނަ އަހަރުގެ
އޯގަސްޓު މަހުގެ ތެރޭގައި ކަމަށެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުން ގިނަ އަދަދެއްގެ
ބަޔަކު ސިއްހީ ފަރުވާއަށާއި ވިޔަފާރީގެ ބޭނުންތަކަށް ޒިޔާރަތްކުރާ މައި ހަބަކަށް ވާއިރު،
އެއަރޕޯޓުގެ ހާލަތު މިހާރު އޮތް ގޮތުން އާންމު ރައްޔިތުންނަށް ބޮޑެތި ތަކްލީފުތަކެއް
އުފުލަން ޖެހޭ ކަމަށް ކައުންސިލުން ބުނެ އެވެ. އެއަރޕޯޓުގެ ހިދުމަތްތައް ހަރުދަނާކޮށް
ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވީ ނަމަވެސް،
މިހާރު ކަންކަން ހިނގަމުންދާ ގޮތުން އެކަންކަން ވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް
ކަމަށްވެސް ކައުންސިލުން ފާހަގަކުރެ އެވެ.

އެއަރޕޯޓުގެ ޓަރމިނަލްގެ ދަތިކަމަކީ ކުޅުދުއްފުށީގެ
ރައްޔިތުންނާއި އެ ސިޓީއަށް ދަތުރުކުރާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާނެ ކަމަށް ބުނެ ވީ
ވައުދު ނުފުއްދި ދިގުލައިގެން ދިއުމަކީ ކައުންސިލާއި ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެއް
އޮތް މައްސަލައެކެވެ.