ކުރީގެ ރައީސް
އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400
ހައުސިންގ ޔުނިޓުގެ މަޝްރޫއު އެއްވެސް ވަރަކަށް ކުރިއަށްނުދާ ކަމަށް އެ ސިޓީގެ މޭޔަރު
މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު
ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު

ރާއްޖެޓީވީއަށް
ދެއްވި ބަސްދީގަތުމެއްގައި މޭޔަރު ވަނީ މި މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ
ސަބަބުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަކުރައްވާފަ އެވެ.

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު
ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު

މި މަޝްރޫއަކީ
2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސައިޓް މޮބިލައިޒްކޮށް، 540 ދުވަހުގެ
ތެރޭގައި ނިންމާ ގޮތަށް 440 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ.

މޭޔަރު އާތިފް
ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރު، މި މަޝްރޫއުގެ ތިން ޓަވަރެއްގެ
ފައުންޑޭޝަން މަސައްކަތް ނިމި، ބައެއް ހައުސިންގ ޔުނިޓުތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތްވެސް
އޮތީ ކުރެވިފަ އެވެ. ނަމަވެސް ވެރިކަން ބަދަލުވި ފަހުން މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް
ކުރިއަށް ނުދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު|ރާއްޖެ އެމްވީ

މަސައްކަތް
ހުއްޓިފައިވާތީ ކައުންސިލުން ހައުސިންގ މިނިސްޓްރީއާ ބައްދަލުކުރުމުން، ކޮންޓްރެކްޓަރު
މަސައްކަތް ނުކުރާނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް
އާތިފް ވިދާޅުވި އެވެ.

އެހެންނަމަވެސް،
ކައުންސިލުން ކޮންޓްރެކްޓަރާ ބައްދަލުކުރުމުން އެ ފަރާތުން މައުލޫމާތު ދީފައިވަނީ ސަރުކާރުން
ދޭންޖެހޭ ފައިސާ ނުލިބޭތީ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ
ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު|ރާއްޖެ އެމްވީ

މޭޔަރު ވިދާޅުވީ
މި މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ދެއްކުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި،
އެ ކަންބޮޑުވުންތައް ރައީސް ޑރ. މުޙައްމަދު މުއިއްޒާވެސް ހިއްސާކުރައްވާފައިވާ ކަމަށެވެ.

މި މައްސަލައިގައި
ރައީސް މުއިއްޒު 2025 ވަނަ އަހަރު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، މި މަސައްކަތް
އެޗްޑީސީއާ ޙަވާލުކުރެއްވި ނަމަވެސް އަދިވެސް އަމަލީ އެއްވެސް މަސައްކަތެއް ނުފެންނަ
ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު، މި
މަޝްރޫއަށް ބޭނުންވާ މުދާ ހިފައިގެން ކޮޅުވެއްޓިއެއް ކުޅުދުއްފުއްޓަށް ދާ މަންޒަރު
ފެންނަ ފޮޓޯތަކެއް ސަރުކާރުގެ ބޭފުޅުން ސޯޝަލް މީޑިއާގައި ފެތުރި ނަމަވެސް، އެއީ ހަގީގަތެއް
ނޫން ކަމަށާއި އެއްވެސް މުދަލެއް ރަށަށް ގެނެސްފައި ނުވާ ކަމަށް އާތިފް ވިދާޅުވި އެވެ.

މީގެ އިތުރުން،
ކުރީގެ މަޝްރޫއު ހުއްޓިފައި އޮއްވައި މި ސަރުކާރުން އިތުރު 2000 ހައުސިންގ ޔުނިޓެއްގެ
ބިންގާ އެޅި ނަމަވެސް، އެ މަސައްކަތްވެސް މިހާތަނަށް ކުރިއަށް ގޮސްފައި ނުވާކަން މޭޔަރު
ފާހަގަކުރެއްވި އެވެ.

މަޝްރޫއުތައް
ހަވާލުކުރިތާ ދެ އަހަރާއި ބައި ވެގެންދާއިރު، އަމަލީ މަސައްކަތެއް ނުހިނގާ އޮތުމަކީ
ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.