Live 13,991 stories Updated Oct 25, 2026
Showing: PSM
Browse topics PSM

PSM

Live feed

ތަމްރީނު ކޭމްޕަކަށް ޤައުމީ ޓީމް މާދަމާ އިންޑޮނޭޝިއާއަށް ފުރަނީ

އަންނަމަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، އިންޑޮނޭޝިއާގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕަށް މާދަމާ ފުރަން ނިންމައިފިއެވެ. "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޤައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ވަނީ، މި ކޭމްޕުގެ ތެރެއިން ޤައުމީ ޓީމުން އެކުވެރިކަމުގެ ދެ މެ…

ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭ ވޯކްޝޮޕެއް

ކުޑަކުދިން ކުރާ ކުށްތަކާއި ގުޅިގެން ޑައިވަރޝަންގެ ނިޒާމު ހަރުދަނާ ކުރުމާއި، އެކަމުގައި ހިމެނޭ މުއައްސަސާތަކުގެ އެއްބާރުލުން އިތުރުކުރުމަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި 30 މީހުން …

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެެދުރާއްޖެ ތެރެއަށް މޫސޫން ގޯސްވާނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރެއަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގ…

މިއަހަރުގެ ނަޞްރުގެ ދުވަހު އެމްއެންޑީއެފްގެ ގިނަ ހަރަކާތްތަކެއް

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވާ ގޮތަށް ނިންމައިފިއެވެ. މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ، ނޮވެންބަރު 3ވަނަ ދުވަހު ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކު…

ފުނަދޫ އަލިފާނުގެ ހާދިސާ: އެހީތެރިވެދެއްވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދ…

ބަކްސް ބަލިކޮށް ސެވަންޓީ ސިކްސަރސް އީސްޓަން ކޮންފަރެންސްގެ އެންމެ ކުރިއަށް

އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު ސެވަންޓީ ސިކްސަރސް ކާމިޔާބު ކޮށް އީސްޓަން ކޮންފަރެންސްގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ. ފިލަޑެލްފިއާގެ އެކްސްފިނިޓީ މޯބައިލް އެރީނާގައި ކުޅުނު މިމެޗު ސެވަންޓީ ސިކްސަރސުން ކާމިޔާބު ކޮށްފައ…

ފުނަދޫ އަލިފާނުގެ ހާދިސާ: 33 މީހުން އެހެން ތަނަކަށް ބަދަލުކޮށްފި

ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 33 މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވީ، އަލިފާނުގެ އަސަރު ކުރީ 5 ގެއާއި 4 ވޯކްޝޮޕް / ގުދަނަށް ކަމަށެވެ. އޭގެ ތެރެއިން އެއް…

އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ: 9 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

އަޕަރ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި 9 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ، މި…

ނަތަންޔާހޫ ހިމެނޭހެން 35 ޔަހޫދީއެއްގެ ޖިނާއީ މައްސަލަ ތުރުކީވިލާތުގެ ކޯޓަކުން ބަލަނީ

ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ބޯޓުތަކަށް ޔަހޫދީ ދައުލަތުން ހުރަސްއަޅައި، އޭގެ ބައިވެރިންނަށް ގޯނާކޮށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ތުރުކީވިލާތުގެ ޖިނާއީ ކޯޓަކުން ފަށައިފިއެވެ. މި މައްސަލައިގައި ދައުވާ އުފުލިފައިވާ 35 ފަރާތެއްގ…

ސްކޭމްތައް ހުއްޓުވުމަށް އެކުލަވާލި އައިއައިސީއޭގެ ރިޒޮލިއުޝަންގައި ރާއްޖޭން ސޮއިކޮށްފި

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް، އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ. މި ރިޒޮލިއުޝަންގައި ސޮއިކޮށްފައިވަނީ ދެކުނު ކޮރ…

ފަލަސްޠީން ޓީމު ކޭމްޕު ކުރާނީ ގުރައިދޫގައި، މެޗު ކުޅޭނީ މާލޭގައި

ތަމްރީން ކޭމްޕަކަށް ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ރާއްޖެ އަންނަން ހަމަޖެހިފައިވާއިރު އެ ޓީމުން ކ. ގުރައިދޫގައި ކޭމްޕު ކުރި ނަމަވެސް، މެޗުތައް ކުޅެން ތާވަލުކޮށްފައި ވަނީ މާލޭގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކަމަށް އެފްއޭއެމުން ބުނެފިއެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެ…

މީދޫގެ ބިންހިކުމާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް

ރ.މީދުއަކީ 2300 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ، ރަށުގެ ބަނދަރު ތަރައްޤީ ކުރުމާއި ރަށުގެ ބިން ހިއްކުމާ ގުޅޭ މަޝްރޫޢެވެ. މި ދެ މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކ…

Loading fresh headlines…