ށ.ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 33 މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ، އަލިފާނުގެ އަސަރު ކުރީ 5 ގެއާއި 4 ވޯކްޝޮޕް / ގުދަނަށް ކަމަށެވެ. އޭގެ ތެރެއިން އެއްގެއަށް ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭކަމަށް އެރަށު ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.
އެ ހޮސްޕިޓަލުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން 20 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަލިފާނުގެ އަސަރުކޮށްގެން ފަރުވާދިން 8 މީހުންނާއި، ދުމުގެ އަސަރުކުރި 2 މީހުން އަދި އެހެނިހެން އަނިޔާތައް ލިބުނު 10 މީހުން ހިމެނެއެވެ.
މިއަދު މެންދުރު 02:30 އާ ހަމައަށް އޭގެ ތެެރެއިން އެކަކު ފިޔަވާ އެންމެން ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަން ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. މިހާރު ފަރުވާދެމުންދާ މީހާއަކީ، އަލިފާނުގެ އަސަރުކުރުމުގެ ސަބަބުން ކަންބޮޑުވެ ހާސްވުމުން ފަރުވާދެމުންދާ މީހެކެވެ.
ފުނަދޫ އަލިފާނުގެ ހާދިސާ: 33 މީހުން އެހެން ތަނަކަށް ބަދަލުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed