އަންނަމަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، އިންޑޮނޭޝިއާގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕަށް މާދަމާ ފުރަން ނިންމައިފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޤައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ވަނީ، މި ކޭމްޕުގެ ތެރެއިން ޤައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ ކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް މެޗުތައް ކުޅޭނީ ކޮން ޓީމުތަކަކާ ދެކޮޅަށްކަން ކޯޗު ހާމަކޮށްފައެއް ނުވެއެވެ.

މި ކޭމްޕުގެ ބޭނުމަކީ ސާފްގެ ކުރިން ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ޤައުމީ ޓީމަށް ފަހިކޮށްދިނުމެވެ.

ކޭމްޕު ނިންމާލައި ޤައުމީ ޓީމު އެނބުރި ރާއްޖެ އަންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ސަރަހައްދީ ގަދަ ބާރު އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ތިން މެޗު ކުޅެފައެވެ.

ތަމްރީނު ކޭމްޕަކަށް ޤައުމީ ޓީމް މާދަމާ އިންޑޮނޭޝިއާއަށް ފުރަނީ
ތަމްރީނު ކޭމްޕަކަށް ޤައުމީ ޓީމް މާދަމާ އިންޑޮނޭޝިއާއަށް ފުރަނީ

ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޤައުމީ ފުޓުބޯޅަ ޓީމު ފުރުން. ފޮޓޯ: ޖަލްވާން ޖަމީލް، ޕީއެސްއެމް ނިއުސް

އެއީ ޗައިނާއާ ކިރިގިސްތާނާއި، ލުބުނާންއާ ދެކޮޅަށެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ޓީމު އެކުލަވާލުމަށް ކުޅުނު 3 މެޗު ކަމަށް ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ވަނީ ފާހަގަކޮށްފައެވެ.

މި ފަހަރުގެ ސާފް މުބާރާތުގައި ރާއްޖެއިން ގްރޫޕް ބީގައި ލައްވާލައިރު، ރާއްޖެއިން އެންމެ ފަހުން އިންޑިއާ އާއި އެއްގްރޫޕެއްގައި ވާދަކުރީ 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި އެންމެ ފަހުން ރާއްޖެއިން ކުޅުނީ 2011 ވަނަ އަހަރުގެ މުބާރާތުގައެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 5-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ތާރީޚުގައި ރާއްޖެއިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.