Live 13,988 stories Updated Oct 29, 2026
Showing: PSM
Browse topics PSM

PSM

Live feed

ބަޖެޓު 2027: ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 3 ބިލިޔަން ރުފިޔާ

އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޭ މާލީ އެހީއަށް އިކުއިޓީގެ ގޮތުގައި 750 މިލިޔަން ދޫކުރުމަށް ނިންމައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ ދާއިރާއިން 3 ބިލިޔަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ޑިމާންޑާއެކ، ސަރުކާރުން…

މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ޔޫކްރެއިންގެ މަޝްވަރާތައް ފަސްކުރަންޖެހިދާނެ: ރަޝިއާ

ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ މަޤްޞަދުގައި އެމެރިކާ، ރަޝިއާ އަދި ޔޫކްރެއިން ގުޅިގެން ބޭއްވުމަށް ރާވާފައިވާ މަޝްވަރާތައް، އަންނަ މަހު ނުބޭއްވި ލަސްވެދާނެ ކަމުގެ އިޝާރާތެއް ރަޝިއާއިން ދީފިއެވެ. ރަޝިއާގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ޔޫރީ އުޝަކޯވް ވިދާޅުވީ، މަޝްވަރާތައް ބާއްވާނެ ތާރީޚެއް ކަނޑައ…

ވިއޭނާ އޯޕަންގެ ކުއާޓާއިން ޑި މިނޯ ޖާގަ ހޯފައިފި

އޮސްޓްރިއާގައި މިހާރު ކުރިއަށްދާ ވިއޭނާ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން މިމުބާރާތުގައި 5 ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޑި މިނޯ ޖާގަހޯދީ ދެވަނަ ބުރުގައި އެމެރިކާގެ ލިއާނަރ ޓިއެން އާއި ބައްދަލުކުރި މެޗު ސީދާ ދެ…

ހަނގުރާމަތައް ރާވާ އެމެރިކާގެ އިސް ޖެނެރަލް މަގާމުން ވަކިކޮށްފި

އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) ގެ އިސްތިރާޖީ، ރޭވުންތަކާއި ޕޮލިސީ (ޖޭ-5) ގެ ޑިރެކްޓަރު، އާމީ ލެފްޓިނެންޓް ޖެނެރަލް ބްރެޓް ސިލްވިއާ، ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ކުއްލި ގޮތަކަށް މަޤާމުން ވަކިކުރައްވައިފިއެވެ. އެމެރިކާ ސަރުކާރުގެ އިސް 2 އޮފިޝަލަކު ވިދާޅުވީ، ދިފާއީ ސެކްރެޓަރީ ޕީޓް ހެގްސެތު މަޤާމ…

އަންނަ އަހަރު 2.28 މިލިޔަން ފަތުރުވެރިން، ބެޑްނައިޓް 14.5 މިލިޔަނަށް

2027ވަނަ އަހަރު ރާއްޖެއަށް މަދުވެގެން 2.28 މިިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 14.5 މިލިޔަނަށް އިިތުރުވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައި ދެއްވި ބަޔާނުގައި ވަޒީރު ވަނީ ރާއްޖޭގެ ފަތުރ…

"ނަފްސާނީ ކަންކަމަށް އެހީވުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ"

ނަފްސާނީ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން ރައްކާތެރިވުމާއި މައްސަލަތައް ކުރިއާލާ ދެނެގަތުމުގައި އެކަށީގެންވާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒ…

ތެލުގެ އަގު މަތިވެ ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލޭނެކަމުގެ އިންޒާރު

އީރާނު ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މަތިންދާބޯޓުތަކަށް އަޅާ ތެލުގެ އަގު ދެގުނައަށް އުފުލިފައިވާއިރު، މުސްތަޤްބަލުގައި ތެޔޮ ގަންނާނެ ވަކި އަގެއް ކަނޑައަޅައި ހިފެހެއްޓުމަށް ހަދާ "ހެޖިންގ" އެއްބަސްވުންތައް އައުކުރުމަށް ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ފަސް…

ޒަޔަނިޒަމާ ފާޅުގައި ދެކޮޅު، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖޭގައި ނުތިބެވޭނެ

ޒަޔަނިޒަމާ އެމަނިކުފާނު ދެކޮޅު ކަމަށާއި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރަސްމާލޭގައި ހިންގާ މަޝްރޫއުގައި ތަރައްގީ ކުރާ ޕްރޮޕަޓީތަކަކީ އިސްރާއީލުގެ…

އައިހަމް ޤައުމީ ޓީމާ ގުޅިއްޖެ

ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުން އިންޑޮނީޝިއާގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕަށް ފުރިއިރު ޓީމާއެކު ނުދެވުނު އަޙްމަދު އައިހަމް އިންޑޮނީޝިއާއަށް ގޮސް ޓީމާ ގުޅިއްޖެއެވެ. އޮޑި ސްޕޯޓްސް ކުލަބަށް ކުޅެމުންދާ އައިހަމް އަށް، ޤައުމީ ޓީމުން މިމަހުގެ 26ވަނަ ދުވަހު އިންޑޮނީޝިއާއަށް ފުރިއިރު ޓީމާއެކު ދަތުރު ނުކ…

ކޮމިއުނިޓީ ނާސިންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ

ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ކޮމިއުނިޓީ ނާސިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ކޮމިއުނިޓީ ނާސިންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ސިއްހީ ޚިދުމަތަކީ ހަމައެކަނި ހޮސްޕިޓަލުތަކުގެ ހަތަރު ފ…

އަލް-ޚަލީލް ބަންދުކޮށް ޔަހޫދީން ހިންގާ ރޭޑުތަކަށް ނިމުމެއް ނެތް

އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ އަލް-ޚަލީލް ޔަހޫދީ އިސްރާއީލު ސިފައިން ބަންދުކޮށް، ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ހަ ދުވަސްވީއިރު، އެ ރަށުގެ ރައްޔިތުންނަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވަމުންދާ ކަމުގައި މަސްރަޙުގެ ދާރިސުން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަނުގަ…

ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލި އެންމެ ނިކަމެތި ގައުމުތައް ނުރައްކަލަށް

ހަނގުރާމަތަކާއި މޫސުމީ ނުރައްކާތަކުގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މުދަލުގެ އަގުތައް އިންތިހާއަށް އުފުލި، ކާބޯތަކެތީގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވަރލްޑް ބޭންކުން ދީފިއެވެ. އެ ބޭންކުގެ ރިޕޯޓުގައިވާ ގޮތުން 2026 ވަނަ އަހަރު ނިމޭއިރު މުދަލުގެ އަގުތައް %23 އަށް އުފުލޭނެއެވ…

Loading fresh headlines…