Live 129,627 stories Updated Sep 2, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މެދުއިރުމަތީގައި އޮތް އެމެރިކާގެ ކަނޑުގެ ލަޝްކަރުގެ ސަޕްލައި ހަބް ފޯޅަވައްސަށް

ޕާސިއަން ގަލްފާއި ރަތްކަނޑާއި އަރަބި ކަނޑު އަދި އިންޑިއާކަނޑުގެ ބައެއް ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގަން އެމެރިކާއިން ހާއްސަކޮށްފައިވާ ކަނޑުގެ ލަޝްކަރު "ޔުނައިޓެޑް ސްޓޭޓްސް ފިފްތު ފްލީޓް"އަށް ބޭނުންވާ ކާބޯތަކެއްޗައި އެހެނިހެން ގިނަ ތަކެތި ފޯރުކޮށްދޭ ލޮޖިސްޓިކްސް އެންޑް ސަޕްލައި ހަބް …

ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އަންގައިފި

ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އެ އިދާރާއިން ކައުންސިލުތަކުން އަންގަން ފަށައިފި އެވެ.

ނޭޕާލުގެ ކުއްލި ފެންބޮޑުވުމުގައި މަރުވި އަދަދު 1،000 އިން މައްޗަށް

ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައިވާ ފަރުބަދަތަކުގެ މަތިން ގްލޭސިއާއެއް (ބިޔަ ގަނޑުފެންގަނޑެއް) ކަނޑައިގެން ވެއްޓި އުފެދުނު ކުއްލި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1،114 އަށް އަރައިފި އެވެ. މީގެ އިތުރުން ބޯޑަރުގެ އަނެއް ފަރާތުން، ޗައިނާއިން ވެސް 16 މީހަކު …

މަޝްހޫރު އުފެއްދުންތަކުގެ މުއްދަތު ހަމަވުމުން ފޭކް ލޭބަލްގައި އެކްސްޕޯޓްކުރަން އުޅުނު އިންޑިއާ ބަޔަކު އަތުލައިގެންފި

އިންޑިއާގެ މުމްބާއީގައި، ކާބޯތަކެތި އުފައްދާ މަޝްހޫރު ކުންފުނިތަކުގެ އުފެއްދުންތަކުގެ މުއްދަތު ހަމަވުމުން އޭގެ ތާރީހާއި ނިއުޓްރިޝަން ލޭބަލްތައް އޮޅުވާލައިގެން ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރަން އުޅުނު ބަޔަކު އަތުލައިގެންފި އެވެ.

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް އަންނަ މަހު 17 ގައި، ބައިވެރިވާން ހުޅުވާލައިފި

ފުޓްބޯޅަ ކަލަންޑަރުގައި ހިމެނޭ އެޓޯލް ޗެމްޕިއަންޝިޕްގެ، މި ސީޒަނުގެ މުބާރާތް އަންނަ މަހު 17 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަނީތު ކުޅުނު ސީރީޒްގެ ޓީޒާއެއް ނެރެފި

ބޮލީވުޑްގެ ތަރި އަނީތު ޕައްޑާ މުހިންމު ރޯލެއް ކުޅޭ އިންވެސްޓިގޭޓިވް ކްރައިމް ތުރިލާ ސީރީޒް "ހުންކާރު: ދަ ރޯ"ގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.

ތިނަދޫ ކުޅިއަށް ކެމިކަލް އެޅިކަމަށް ބުނެ ސްވިފްޓް އިންޖީނިއަރިން ޖޫރިމަނާކޮށްދޭން އެދިއްޖެ

ގދ. ތިނަދޫގައި ހައުސިން މަޝްރޫއު ކުރިއަށްގެންދާ ކުންފުނިން ކައުންސިލްގެ ހުއްދަ ނެތި ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅުމުން އެ ކުންފުނި ޖޫރިމަނާކޮށްދޭން އެދި އެންވަޔަރްމަންޓް މިނިސްޓްރީއަށް ކައުންސިލުން ހުށަހަޅައިފި އެވެ.

އޭ އާރު ރަހުމާން އޭނާގެ އޮޓޯބަޔޮގްރަފީއެއް ނެރެނީ

އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އަދި އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ އޭ އާރު ރަހުމާން އޭނާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ އޮޓޯބަޔޮގްރަފީއެއް ނެރެން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފި އެވެ.

ޓްރާންސްފާގެ އެންމެ ފަހު ވަގުތު މޮނާކޯއިން ޗެލްސީއަށް ބޮޑު ކެއްސެއް ދީފި

އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް މެންޗެސްޓާ ސިޓީއަށް ވިއްކާލުމަށްފަހު، އޭނާގެ ބަދަލުގައި މޮނާކޯގެ ސެނެގާލް މިޑްފީލްޑަރު ލަމީން ކަމާރާ ހޯދަން ޗެލްސީން ކުރި މަސައްކަތް ފަނުފުލުން ގޮސްފި އެވެ.

Loading fresh headlines…