އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް މެންޗެސްޓާ ސިޓީއަށް ވިއްކާލުމަށްފަހު، އޭނާގެ ބަދަލުގައި މޮނާކޯގެ ސެނެގާލް މިޑްފީލްޑަރު ލަމީން ކަމާރާ ހޯދަން ޗެލްސީން ކުރި މަސައްކަތް ފަނުފުލުން ގޮސްފި އެވެ.

ކަމާރާހެ ޓްރާންސްފާއަށް 47 މިލިއަން ޕައުންޑަށް މޮނަކޯ އާއި ޗެލްސީއާ ދެމެދު އެއްބަސްވި އެވެ. ނަމަވެސް ޓްރާންސްފާ ބާޒާރު ބަންދުވާން ކުޑަތަންވެފައި ވަނިކޮށް މޮނާކޯއިން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ އެވެ.

ދި ގާޑިއަން ނޫހުން ބުނިގޮތުގފައި މޮނާކޯއިން ކުއްލިއަކަށް ނިންމުން ބަދަލުކުރީ އެވަޓަންއަށް ފޮލާރިން ބަލޮގަން ވިއްކާލުމުގެ މަޝްވަރާތަކަށް ބުރުލެއް އެރުމުން ފައިސާ ހޯދާނެ އަދި އިތުރު ގޮތްތަކެއް ހޯދުމަށެވެ. އެވަޓަންއަށް ބަދަލުނުވާން ނިންމީ، ބަލޮގަން އަމިއްލައަށެވެ. އޭގެ ސަބަބުން މޮނަކޯއަށް ލިބެން އޮތް ފައިސާގެ އަދަދު މަދުވާނެ އެވެ.

ބެލެވޭ ގޮތުގައި، އެހެންވެ މޮނާކޯއިން ބޭނުންވީ ކަމާރާގެ ޓްރާންސްފާއަށް ޑަބަލް އަގެކެވެ.

މޮނާކޯގެ މި އަމަލާ ގުޅިގެން ޗެލްސީގެ އޮފިޝަލުން ވަނީ އެ ކްލަބުގެ އަމަލުތަކަކީ "އިންސާފުވެރިކަމެއް ނެތް، އަދި ޕްރޮފެޝަނަލްކަމެއް ނެތް" ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މޮނާކޯ އާއި ޗެލްސީގެ ދެމެދުގައި ވީ އެއްބަސްވުން ކެންސަލްވީ އެވެ. ނަމަވެސް އެންޒޯ ފެނާންޑޭޒްގެ ޓްރާންސްފާއާ ގުޅިގެން ސިޓީއަށް ޗެލްސީން ދީފައިވާ ޔަގީންކަން އެ ކްލަބުން ދެމެހެއްޓި އެވެ.

އެންޒޯ ވެސް ޗެލްސީ ދޫކޮށްލަން ބޭނުންވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ޖުމުލަ 125 މިލިއަން ޕައުންޑް (168 މިމިއަން އެމެރިކާ ޑޮލަރު ރެކޯޑު އަގަކަށް އެންޒޯ ސިޓީ އަށް ވިއްކާލި އެވެ.

މި އަގާ އެކު އެންޒޯ ވެފައިވަނީ އިނގިރޭސި ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިޔާއަށެވެ.

މޮނާކޯއިން ޓްރާންސްފާ ކެންސަލްކުރުމާ ގުޅިގެން، ޗެލްސީއަށް ވަނީ އެންޒޯގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ. ސަބަބަކީ ޓްރާންސްފާ ބާޒާރުގެ ސުންގަޑި ހަމަވިއިރު އިތުރު ކުޅުންތެރިއަކު ހޯދާނެ ވަގުތު ނެތުމެވެ.