އިންޑިއާގެ މުމްބާއީގައި، ކާބޯތަކެތި އުފައްދާ މަޝްހޫރު ކުންފުނިތަކުގެ އުފެއްދުންތަކުގެ މުއްދަތު ހަމަވުމުން އޭގެ ތާރީހާއި ނިއުޓްރިޝަން ލޭބަލްތައް އޮޅުވާލައިގެން ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރަން އުޅުނު ބަޔަކު އަތުލައިގެންފި އެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރެއިޑްގައި އަތުލައިގަތް ތަކެތީގެ އަގު 80،000 އެމެރިކާ ޑޮލަރަށްވުރެ ގިނަ ގިނަވާނެ އެވެ.

އިންޑިއާގެ މުމްބާއީގައި، މަޝްހޫރު އުފެއްދުންތަކުގެ ލޭބަލަށް ބަދަލު ގެނެސް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ތަން ބަލައި ފާސްކުރަނީ. -- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ މުމްބާއީގައި، މަޝްހޫރު އުފެއްދުންތަކުގެ ލޭބަލަށް ބަދަލު ގެނެސް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ތަން ބަލައި ފާސްކުރަނީ. -- ފޮޓޯ: ރޮއިޓާސް

މުއްދަތު ހަމަވާ ތާރީހުތައް ބަދަލުކޮށް އޮޅުވާލާފައިވާ ތަކެތީގެ ތެރޭގައި ޕެޕްސީކޯ، ނެސްލޭ، ކޮކާކޯލާ އަދި ޔުނިލީވާ ފަދަ ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކުގެ މަގުބޫލު އުފެއްދުންތައް ހިމެނެ އެވެ. އޭގެ ތެރޭގައި ހެލްމަންސް، ކުކްކުރޭ، މަގީ ނޫޑްލްސް، މަޔޮނައިޒް، ތަމްސް އަޕް، ލޭސް އަދި ނޯ ސޫޕް ހިމެނެ އެވެ. 

އިންޑިއާގެ މުމްބާއީގައި، މަޝްހޫރު އުފެއްދުންތަކުގެ ލޭބަލަށް ބަދަލު ގެނެސް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ތަން ބަލައި ފާސްކުރަނީ. -- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ މުމްބާއީގައި، މަޝްހޫރު އުފެއްދުންތަކުގެ ލޭބަލަށް ބަދަލު ގެނެސް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ތަން ބަލައި ފާސްކުރަނީ. -- ފޮޓޯ: ރޮއިޓާސް

އޮފިޝަލުން ވިދާޅުވި ގޮތުގައި، މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާން ގާތްވެފައިވާ ތަކެތީގެ އަސްލު ތާރީހުތައް ފޮހެލުމަށް ހާއްސަ ކެމިކަލް ސޯލްވެންޓް ބޭނުންކޮށްފައިވެ އެވެ. އަދި އޭގެ ފަހުން ޕްރިންޓިން މެޝިންތައް ބޭނުންކޮށްގެން، މުސްތަގުބަލުގެ ތާރީހުތައް (އަލުން މުއްދަތު އިތުރުކޮށް) ޕެކެޓްތަކުގައި ޖަހާފައިވެ އެވެ.

އިންޑިއާގެ މުމްބާއީގައި، މަޝްހޫރު އުފެއްދުންތަކުގެ ލޭބަލަށް ބަދަލު ގެނެސް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ތަނުގައި ބައެއް ތަކެތި ފޮށިތަކަށް އަޅާފައި. -- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ މުމްބާއީގައި، މަޝްހޫރު އުފެއްދުންތަކުގެ ލޭބަލަށް ބަދަލު ގެނެސް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ތަނުގައި ބައެއް ތަކެތި ފޮށިތަކަށް އަޅާފައި. -- ފޮޓޯ: ރޮއިޓާސް

ބޭރު ގައުމުތަކުގެ ގަވާއިދުތަކާ އެއްގޮތަށް މުދާ ބޭރުކުރުމަށްޓަކައި، ކާނާގައި ހިމެނޭ މާއްދާތަކުގެ މިންވަރާއި ކެލޮރީސްގެ އަދަދުތަކަށް ވެސް ވަނީ ބަދަލު ގެނެސް ސައްހަ ނޫން ލޭބަލްތައް ތަތްކޮށްފައިވެ އެވެ. މި ގުދަނުގައި ހުރި ހުރިހާ މުދަލަކީ ވެސް އިންޑިއާއިން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުމަށް ތައްޔާރުކޮށްފައިވާ މުދަލެވެ. ނަމަވެސް އެ މުދާ ފޮނުވަން އުޅުނީ ސީދާ ކޮން ގައުމުތަކަކަށް ކަމެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ މުމްބާއީގައި، މަޝްހޫރު އުފެއްދުންތަކުގެ ލޭބަލަށް ބަދަލު ގެނެސްފައި. -- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ މުމްބާއީގައި، މަޝްހޫރު އުފެއްދުންތަކުގެ ލޭބަލަށް ބަދަލު ގެނެސްފައި. -- ފޮޓޯ: ރޮއިޓާސް

މުމްބާއީގެ އިންޑަސްޓްރިއަލް ސަރަހައްދެއްގައި ހިންގަމުން ދިޔަ ސަދަނަ އެންޓަޕްރައިސަސް އިން ހިންގަމުންދިޔަ މި ގުދަނުގައި ކުރަމުން ދިޔަ މި މަސައްކަތާ ގުޅިގެން 12 މީހަކަށް ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ މުމްބާއީގައި، މަޝްހޫރު އުފެއްދުންތަކުގެ ލޭބަލަށް ބަދަލު ގެނެސް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ތަނުގައި ދަޅެއްގެ މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށް ޕްރިންޓްކުރުމަށް ތައްޔާރުކޮށްފައި. -- ފޮޓޯ: ރޮއިޓާސް

މަހާރާސްތުރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ވެރިޔާ ތުކާރާމް މުންދޭ ވިދާޅުވީ، މިކަން ކޮށްފައިވަނީ ވަރަށް ރޭވުންތެރިކަމާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. ކާބޯތަކެތި އުފައްދާ ބޮޑެތި ކުންފުނިތަކުން ވެސް އެ މީހުންގެ ސަޕްލައި ޗެއިން ބެލެހެއްޓުމުގައި މިއަށްވުރެ ޒިންމާދާރުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ބައިނަލްއަގުވާމީ ކުންފުނިތަކުގެ އެއްވެސް އިހުމާލެއް ނުވަތަ ބައިވެރިވުމެއް އޮތްކަމަކަށް އިންޑިއާގެ ފުލުހުން ތުހުމަތެއް ކޮށްފައެއް ނުވެ އެވެ.