ޖިންސީ ގޯނާގެ މައްސަލަ ސާބިތުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ވެމްކޯ
ތިނަދޫ ސިޓީގައި ހިނގި ބަދުއަހްލާގީ އަމަލެއްގެ މައްސަލައިގައި އެ ކޯޕަރޭޝަނުގެ މުވައްޒަފަކަށް ކުށް ސާބިތުވެއްޖެނަމަ އޭނާއާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.