Live 6,009 stories Updated Sep 16, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

ދިވެހިރާއްޖެއަކީ 24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލުގެންނަ ގައުމަކަށް ވުމުން، ރާއްޖޭގައި އިންވެސްޓު ކުރަން ރައްކާތެރި ނޫން ކަމަށާއި، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރީގެ ޓޫރިޒަމް އެޑްވައިޒަރު އަދި މަންޓަ އެއަރގެ ސީއީއޯ މުހައްމަދު ޚ…

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން ޔޫރަޕްގެ ވިޔަފާރިވެރިންގެ ކަންބޮޑުވުން އެބަލިބޭ: ރައީސް ނަޝީދު

ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންޓުން އަދި ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން ޔޫރަޕްގެ ބޮޑެތި ޓުއަރ އޮޕަރޭޓަރުންނާއި، ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނަށް ގުޅުއްވަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

ގާނޫނު ހަދައިގެން އިހުތިރާމު އަދާކުރުން މަޖުބޫރުކުރާ ދިމާލަށް ގެންދިއުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނެއް ހަދައިގެން އެންމެންނަށް އިހުތިރާމު އަދާކުރުން މަޖުބޫރުކުރުވާ ދިމާލަށް ގެންދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މަރުވެފައިވާ މީހުންނަށް ދޫކުރެވުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން، ކޮންމެވެސް ވަރެއް ހޯދޭނެ: ޝިރުނާ

މަރުވެފައިވާ މީހުންނަށް ފައިސާ ދޫކުރެވި ދައުލަތަށް ގެއްލުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަންދާ ކަމަށާއި، އޭގެތެރެއިން ކޮންމެވެސް ވަރެއް ހޯދޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.

ޝާހް އަލޮމްގެ މަރު: ގާތިލުގެ ކިބައިން މަރަށްމަރު ހިފަން އާއިލާއިން ބޭނުންނުވާތީ އޭނާ އުމުރަށް ޖަލަށް!

ތ ގުރައިދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރާ މަރާލި މައްސަލައިގެ ހުކުމް ކުރެއްވުމުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް

ސަރުކާރުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ ޚަރަދު ކުޑަކުރުމުގެ އިޚުލާސްތެރި ނިޔަތެއް އޮވެގެން ނޫން ކަމަށާއި، އެއީ ސަރުކާރުން ބޭނުންވާ ބަޔަކަށް ވަޒީފާ ދިނުމަށް ދައްކާ ބަހަނާއެއް ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވި…

ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!

ބ. ހިތާދޫގައި ރައްޔިތުންނަށް މުހިއްމު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ޤާނޫނެއްގަައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން

ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…