ތ
ގުރައިދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރާ މަރާލި މައްސަލައިގެ ހުކުމް ކުރެއްވުމުގެ
އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.
މި
އަޑުއެހުމަކީ މި މައްސަލައިގެ ހުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ކްރިމިނަލް
ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޒައްމިލް ނާސިރު އެވެ. ގާޒީ ވަނީ އޭނާގެ މައްޗަށް އެއްވެސް ޝައްކެއް
ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފަ އެވެ.
ބުދަ
ދުވަހުގެ މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ޝާހު އަލޮމްގެ ވާރިސުންނަށް ތިބީ އޭނާގެ
4 އަންހެން ދަރިން އަދި އަނބިމީހާގެ އިތުރުން އޭނާގެ 3 ބޭބެއިން ކަމަށެވެ.
އެމީހުންގެ
ބަސް ހޯދުމަށް މަސައްކަތް ކުރުމުން ހުރިހާ ވާރިސުން ވެސް ވަނީ މަރަށް މަރު ހިފަން
ބޭނުން ނުވާކަމަށް ބުނެ، މަރުގެ ދިޔަ ބޭނުންވާކަމަށް ބުނެފަ އެވެ.
އެހެންކަމުން
އަދަބާ ގުޅޭގޮތުން ދައުލަތާއި ދިފާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު
ގާޒީ ވަނީ އޭނާ އުމުރަށް ޖަލަށް ލުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން
ރުފިޔާ ދެއްކުމަށް ހުކުމް ކުރައްވާފަ އެވެ. އޭނާ ބަންދުގައި ހުރި މުއްދަތު ހުކުމުން
އުނި ކުރުމުން ތަންފީޒުކުރަންޖެހޭނީ 18 އަހަރުގެ ޖަލު ހުކުމެކެވެ.
މީގެ
އިތުރުން، ކުށުގެ ކައްފާރައިގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށްވެސް
ހުކުމުގައި އަންގަވާފައިވެ އެވެ.
މި
މައްސަލައިގައި ދައުވާކޮށްފައިވަނީ ބަބުލް މިއާ ނަމަކަށް ކިޔާ ބަނގްލަދޭޝް
ރައްޔިތެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް
ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ
މަރުގެ އަދަބެވެ.
އޭނާގެ
މައްޗަށް ކޮށްފައިވާ ދައުވާގައި ބުނާ ގޮތުގައި އޭނާ ބަނގްލަދޭޝްގެ
ރައްޔިތެއްކަމަށްވާ ޝާހް އަލަމްގެ ކަރާއި މެޔާއި މައިބަދައާއި ބުރަކައްޓަށް
ކަތިވަޅިއަކުން ހަމަލާދީފައިވެއެވެ. އެގޮތުން އެ ހާދިސާ ހިނގާފައިވަނީ 21 މެއި
2020 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.
އޭނާ
އަމަލު ހިންގިކަމަށް އެއްބަސްވި ނަމަވެސް، އޭނާ ބުނާ ގޮތުގައި މި އަމަލު އޭނާ
ހިންގީ ނަފްސުގެ ދިފާއުގަ އެވެ. އަދި އެ ތަފްސީލުތައް އޭނާ ފުލުހުންގެ
ތަހުގީގުގައި ވެސް ކިޔާދީފައިވެ އެވެ.