Live 4,824 stories Updated Feb 19, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

ނ. ކެނދިކުޅުދޫ ވޭސްތް މެނޭޖްމަންޓް ސެންޓަރުގެ އެކްސްޓެންޝަން ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި އޮފީސް އިމާރާތުގެ އިތުރުން ފާހާނާ އެއް ކަމަށާއި، މިއީ ބޮޑު ޕްރޮޖެކްޓެއް ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވެއްޖެ އެވެ.

އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލައިގައި އެމްޑީޕީ އިން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ނިންމައިފި އެވެ.

ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ

ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން މިހާރު ގަބޫލެއް ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޕީއެންސީގެ އެކްޓިވިސްޓް ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމަށް 650،000 ރުފިޔާ ދެއްކުމަށް ށ. ފޯކައިދޫ މީހެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު ފެށުމަށް ތާވަލުކޮށްފި އެވެ.

މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

މިފްކޯގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައާ ގުޅިގެން ވަޒީފާ އިން ވަކިކުރި މިފްކޯގެ ކުރީގެ މުވައްޒަފަކަށް 96،960 (ނުވަދިހަ ހަ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް) ރުފިޔާ ދޭން ހައިކޯޓުން ހުކުމްކޮށްފި އެވެ.

މިނިސްޓްރީން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ.ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައި

މިނިސްޓްރީން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ.ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައިވާ ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވެއްޖެ އެވެ.

ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފި އެވެ.

ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!

ނ. ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު 2 ފަހަރު ވިދާޅުވި ނަމަވެސް އެކަމެއް ނުކޮށްދެއްވި ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…