ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ބަލި މީހަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ދޫކުރުން.
ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ދޫކުރުން.

މިކަން ދިމާވި އާއިލާގެ ފަރާތުން ރާއްޖެއެމްވީ އަށް މިކަން ވަނީ ހިއްސާކޮށްފަ އެވެ. 

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ދޫކުރުން.
ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ދޫކުރުން.

އާއިލާގެ ފަރާތުން ބުނީ، 19 އޭޕްރީލް 2026 ވަނަ ދުވަހު ޕޭޝަންޓު ވަރަށް ބޮޑަށް މޭގައި ރިއްސައި، ނޭވާލުމަށް އުދަނގޫވާތީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ކަމަށާއި، އީއާރްގައި އެޑްމިޓް ކުރި ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމުން ދީފައިވަނީ ޕްރޯލަމް 0.25 މިލިގްރާމް ބޭހެވެ.  

ހާސްކަމާއި ނުތަނަވަސްކަން (އެންޒައިޓީ) ކުޑަކޮށްދީ، ނަފްސު ހަމައަކަށް އެޅުވުމަށް ބޭނުންކުރާ ބޭހަކީ ކޮންޓްރޯލް ޑްރަގެކެވެ. އަދި އެ ބޭސް ލިބެނީ ވެސް ހަމައެކަނި އެސްޓީއޯ ފަރމަސީންނެވެ. 

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ދޫކުރުން.

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ދޫކުރުން.

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ދޫކުރުން.
ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ދޫކުރުން.

އާއިލާއިން ބުނީ، އެ ބޭސް ގަނެގެން އައިސް 31 އަހަރުގެ ބަލި އަންހެން މީހާއަށް ބޭސް ދިނުމަށް މަސައްކަތް ކުރަނިކޮށް، ފަރމަސީން ގުޅާފައި އެބޭހުގެ މުއްދަތު ހަމަވެފައިވާތީ އެ ބޭސް ނުދިނުމަށް އެންގި ކަމަށެވެ. އަދި ބޭސް ނުދެވުނީ ހަމަ ކިރިޔާ ކަމަށާއި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އާއިލާއިން ބުނެ އެވެ. 

މީގެ އިތުރުން އާއިލާއިން ބުނީ، ބޭހުގެ މުއްދަތު ހަމަވެފައިހުރިކަން ފަރމަސީން އާއިލާއަށް އެންގުމުން އެކަމާ ވެސް ހޮސްޕިޓަލުގެ ފަރާތުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ ކަމަށާއި، އެކަން ފުރަތަމަ އަންގަން ޖެހޭނީ ހޮސްޕިޓަލަށް ކަމަށް ބުނެފައިވާ ކަމަށެވެ. 

ބަލި މީހާއަށް ދޫކުރި ބޭސް ހުރީ މިދިޔަ މަހުގެ ނިޔަތަށް މުއްދަތު ހަމަވެފަ އެވެ. 

މިފަހަކަށް އައިސް މުއްދަތު ހަމަވެފައި ހުންނަ ބޭސް ދޫކުރުމާއި، ސިއްހީ އިހުމާލުން ބަލި މީހުންނަށް ބޮޑެތި ގެއްލުންތައް ލިބި، ފުރާނައަށް ނުރައްކާވާ ހާލަތްތައް ވަރަށް ގިނަ ދިމާވާ ކަމަށް ގިނަ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭއިރު، މީގެ ކުރިން ލިބުނު އެންމެ އާދައިގެ ބޭސް ވެސް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.