Live 6,019 stories Updated May 16, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ހޮރްމޫޒް ކަނޑުއޮޅި އާ ގުޅޭގޮތުން އދ އަށް ހުށަހަޅާފައިވާ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި

ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގަލްފުގެ ގައުމުތަކާއި ޖޯޑަން ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ގަރާރު ކޯ-ސްޕޮންސާ ކޮށްފި އެވެ.

ޑައިވިންއަށް ދިޔަ އިޓަލީ ގްރޫޕް ގައި ހިމެނުނު އެކަކު ސަލާމަތްވީ ފަހު ވަގުތު ޚިޔާލު ބަދަލުވުމުން

ވ އަތޮޅުގައި ސްކޫބާ ޑައިވިންއަށް ގޮސް އުޅުނު އިޓަލީގެ ފަތުރުވެރިންގެ ގްރޫޕަކަށް ދިމާވި ނުރައްކާތެރި ހާދިސާއެއްގައި، އެ ގްރޫޕުގައި ހިމެނޭ އެކަކު މަރުން ސަލާމަތްވީ ފަހު ވަގުތު ޑައިވިން އަށް ނުގޮސް އުޅަނދުގައި މަޑު ކުރަން ނިންމުމުން ކަމަށް އިޓަލީގެ ނޫހަކުން ރިޕޯޓު ކޮށްފި އެވެ. ބުރާސްފަތި ދުވަހު ހިނގި މ…

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާކަމަށް ކުރީގެ 3 ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނު އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްގެން މެނުވީ އަނގަބަންދުކުރުމުގެ އަމުރުތައް ނެރެވޭނެ ކަމަކަށް ގަބޫލެއް ނުކުރާ ކަމަށާއި ނެރެފައިވަނީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޝަރީޢަތް ފެށުމުގެ ކުރިން މީހެއްގެ އަނގަ ބަންދުކުރުމުގެ އަމުރެއް ނެރުމަކީ ފަލްސަފީ ގޮތުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫން: ޝަމީމް

ޝަރީޢަތް ފެށުމުގެ ކުރިން މީހެއްގެ އަނގަ ބަންދުކުރުމުގެ އަމުރެއް ނެރުމަކީ ފަލްސަފީ ގޮތުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ ޕްރެސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި

ޖަލަށް ލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނާސިރު ވަގުތުން މިނިވަން ކުރުމަށް ގޮވާލާ، މާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ ނޫސްވެރިން އިހުތިޖާޖު ކޮށްފި އެވެ.

Loading fresh headlines…