ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ބައްދަލުވުން ފެށިއްޖެއެވެ. 

މި ބައްދަލުވުން އޮތީ ހުކުރު ދުވަހުގެ ރޭ 20:00 ގައެވެ. އެގޮތުން 3 ރައީސުން ވެސް މިހާރު ބައްދަލުވުމަށް ވަޑައިގެންފައިވާއިރު، މިހާރު ބައްދަލުވުން ފެށިގެން އެބަ ކުރިއަށް ދެއެވެ، 

ކުރީގެ ތިން ރައީސުން ބައްދަލު ކުރަން ނިންމާފައި މި ވަނީ، ނޫސްވެރި ކަމުގެ މިނިވަންކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން އަންނަ ވަގުތެއްގަ އެވެ. އެގޮތުން ނޫސްވެރި ކަމުގެ މިނިވަންކަން ދިފާއު ކުރުމަށް، އެކުގައި މަސައްކަތް ކުރުމަށް ތިން ރައީސުންގެ ޝައުޤުވެރިކަން އޮތް ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.

މިއީ ކުރީގެ ތިން ރައީސުން މިފަދަ ގޮތަކަށް ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

ތިން ރައީސުން ބައްދަލު ކުރައްވާ ސަރަޙައްދުގައި ފުލުހުން ވަނީ ޙަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން ފުލުހުން ގެންދަނީ އެ ސަރަޙައްދުގައި ތިބި އާންމުން އެ ސަރަޙައްދުން ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެތަނުގައި ތިބި އާންމުންގެ މެދުގައި ނުރުހުންވުން ވަނީ އުފެދިފައެވެ.