Live 3,259 stories Updated Dec 7, 2025
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ދިވެހި އާއިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއް ގައި އިތުރު ޚަރަދުތަކެއް ކޮށް ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާ ބެހޭ އުޞޫލު އެކުލަވާލުމުން އެމްޑީޕީ ގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ 3ގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ގދ.ތިނަދޫ ގެ އާންމު ގެތަކަށާއި ސަރުކާރު ގެ ބައެއް އިމާރާތްތަކު ގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުން ވެއްޖެ އެވެ.

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައްދަވާ ދޮގުތައް މިސަރުކާރު ގެ ސިޔާސަތާއެކު ރައްޔިތުންނަށް ހާމަވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ ކަމަށް ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާލޭ ގައި ފުލުހުން ހިންގި އޮޕަރޭޝަނެއް ގައި ރާއްޖެ އަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

ހުޅުމާލޭ ގައި ސަރުކާރުން އަޅާ ޕާކިން އިމާރާތްތަކު ގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ އެޑްވާންޓޭޖް އިންތިހާ އަށް ނަގާ ސަރުކާރެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

މާލޭގައި ގެއެއްގެ އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން ބިރު ދައްކައި މީހަކަށް ހަމަލާ ދިން މައްސަލާ ގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

Loading fresh headlines…