ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.  

މަރުވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ. 

ހޯމަ ދުވަހު ފުލުހުން ބުނީ، ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު، 2026 މެއި 18 ވަނަ ދުވަހުގެ މެންދުރު 12:57 އެހައިކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

މި ހާދިސާގައި ގެނބުނު މީހާ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދޭތެރެދޭތެރެއިން ރާއްޖޭގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. އެހެންކަމުން މޫދުގެ ހަރަކާތްތަކުގައި ފަތުރުވެރިން ޚާއްސަ ސަމާލުކަމެއް ދިނުމަށް ރިސޯޓުތަކުންނާއި ކަމާގުޅޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.