Live 6,019 stories Updated May 20, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއްކަމަށާއި، އެގޮތަށް ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

ޑައިވިން ހާދިސާގައި މަރުވި މީހުންގެތެރެއިން އެންމެ ފަހު ދެ ހަށިގަނޑު ނަގައިފި

ދިވެހިރާއްޖޭގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާއެއްގައި މަރުވި އިޓަލީގެ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ދެ މީހުންގެ ހަށިގަނޑު ނަގައިފި އެވެ. މިއާއެކު، ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޑައިވިން ހާދިސާގައި މަރުވި މީހުން ހޯދުމަށް ކުރި މަސައްކަތް މިވަނީ ނިމުމަކަށް އައިސްފައެވެ.

އޮޕަރޭޝަން ފްރޮންޓިއަރ-664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވޭ

އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސް ތިނެއްގެ ތެރެއިން ސްކޭމް މައްސަލަތަކާއި ގުޅިގެން، 664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުން ހާމަކޮށްފި އެވެ.

ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަން ލާޒިމުކުރާ މައުލޫމާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވަނީ އެންމެ 38 އިންސައްތަ މައުލޫމާތުކަން ހާމަވެއްޖެއެވެ.

އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ

އަޟްޙާ އީދަށް މުޅި ރަށް ތައްޔާރުވަމުންދާ ކަމަށާއި، އީދުގައި ހުރިހާ ރައްޔިތުން ޝާމިލުވާނެ ކަމަށް ބ.ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ސުހާ ވިދާޅުވެއްޖެ އެވެ.

ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް

ސިޔާސީ ގޮތުން ދެ ފަޅިއެއްގައި މަސައްކަތް ކުރި ނަމަވެސް ރަށުގެ ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ ކަމަށް ބ. ކަމަދޫގެ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބަޣާވާތްކުރިކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން ފެށި ތަހުގީގުގައި ޖިނާއީ މައްސަލައެއް ފެންނަން ނެތުމުން އެ މައްސަލަ ފައިލްކޮށްފިއެވެ.

އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު

ބ. ކަމަދޫ އަޟްޙާ އީދަށް 95 އިންސައްތަ އަށް ތައްޔާރުވެފައިވާ ކަމަށާއި، އީދާ ގުޅިގެން 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުން: ގަރާރަށް ބަހުސް ކުރާނެ މެންބަރުންގެ އަދަދާ، ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާނެ މެންބަރުންގެ އަދަދާއި ދިފާއުގައި ވާހަކަދެއްކެވުމަށް ނާޒިމް އަށް ދޭ ފުރުސަތުގެ ދިގުމިން ކަނޑައަޅަން އާންމު ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ކޮށްފި އެވެ.

ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި ގެއްލުނު 3 ލައްކަ ރުފިޔާގެ 45 އިންސައްތަ ފައިސާ އެ ހަފްތާގައި ހޯދި

މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 45 އިންސައްތަ ފައިސާ ހޯދިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން ސަލާމަތްތެރި ކަމާއެކު މާލެ ގެނެސްފި

ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރިން ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް ދިޔަވި ހާދިސާގައި، އޭގެއިން ދަތުރުކުރި ހުރިހާ ދަރިވަރުން ސަލާމަތްތެރިކަމާއެކު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

Loading fresh headlines…