1447 ވަނަ އަހަރުގެ އަޟްހާ އީދަށް ޚާއްސަކޮށް ބ. ކަމަދޫއިން ތައްޔާރުކުރި އީދު ލަވަ
ރިލީސްކޮށްފިއެވެ.
މިލަވަރިލީސްކޮށްފައިވަނީ ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ
ތެރެއިންނެވެ. މި ލަވައިން އެރަށު ޒުވާނުންނާއި ކުޑަކުދިންގެ ހުނަރުތައް
ފެނިގެންދާއިރު، އައިމިނަތު ޒާރާގެ ޚާއްސަ ފެނިލުމާއެކު މި ލަވައަށް އިތުރު
ފުރިހަމަކަމެއް ގެނެސްދެއެވެ.
މި
ލަވައިގެ ޅެން ތައްޔާރުކޮށްފައިވަނީ އިއްޒާ އަޙުމަދު ނިޒާރުއެވެ. ލަވަ ކިޔާފައިވަނީ
މަޝްހޫރު ލަވަކިޔުންތެރިޔާ ސަލބީ އިބުރާހީމްއެވެ.
މީގެ
އިތުރުން، ލަވައިގެ މިޔުޒިކް. ތައްޔާރުކޮށްދީފައިވަނީ 1438 ބޮޑުބެރު ގްރޫޕާއި ޚާއްސަކޮށް
ހުމާމް ހަލީމްގެ އެހީތެރިކަމާއެކުގައެވެ. ލަވަ ޑައިރެކްޓު ކޮށްދީފައިވަނީ ޙަސަން ޒަރީރުގެ
އިތުރުން، ހުމާމް ޝަރީފްއެވެ.
ލަވައިގެ
ޅެމާ މަންޒަރު ތަކުން ދަށްކުވައިދީފައިވާނީ ރާއްޖޭގެ އާދަކާދަ އާއި ޘަޤާފަތާއ،
އީދާ ގުޅުންހުރި ކަންކަމެވެ. މި ލަވައިގެ ހުރިހާ ކަމެއް ނިންމުމަށް ދެމަސް
ދުވަހުގެ މުއްދަތެއް ހޭދަވިއެވެ.
ފާއިތުވި
ދެ އަހަރު ވެސް އަޟްހާ އީދުގައި އެންމެ ވިދާލި އެއް ރަށަކީ ކަމަދޫ އެވެ. ބ. ކަމަދޫގައި
ކުރިއަށްގެންދާ ފޯރިގަދަ އީދު ކުޅިވަރުތައް މި ފަހަރުވެސް ރާއްޖެޓީވީ އިން
ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.