Live 6,018 stories Updated May 28, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޓީ މަތިންދާ ބޯޓު މިއަހަރު ފަހުކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ

މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކުޅިވަރުތައް، ފަށައިފިއެވެ.

ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކަށް ވެސް އެމަނިކުފާނު ބޭނުންފުޅުވާހާ ގޮތަކަށް އަމަލުކުރާނެ "ބޮޓުންތަކެއް" އައްޔަންކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަ…

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

ދާދިފަހުން އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ރާއްޖޭގެ ހަމަ އެ ސަރަހައްދަށް ފީނަން ގޮސް އުޅުމުގެ ތެރޭގައި މީގެ 40 އަހަރު ކުރިން، މަރުވި އަންހެނެއްގެ ފިރިމީހާ، އެ ހާދިސާގެ ހިތާމަވެރި ތަފްސީލުތައް ހިއްސާކޮށްފިއެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އަންހެންނުންނަށް ފީނުމަށް ހުއްދަ ދީފައިވަނީ 65 ފޫޓު އަޑިއަށް ނ…

ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި

މުޅި ރާއްޖޭގައި ވެސް މިއަހަރުގެ އަޟްޙާ އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރަމުންދާ އެއް ރަށް ކަމަށްވާ ބ. ކަމަދޫ އިން ކަރަންޓު ކެނޑުނުތާ ފަސް ގަޑިއިރު ފަހުން އެ ރަށަށް އަލުން ކަރަންޓުގެ ހިދުމަތް ދީފިއެވެ.

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

ބޮޑު އީދުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ބ. ކަމަދޫގައި ކުރިއަށްދާ "ކަމަދޫ އީދު އުފާ 1447" ގެ އެންމެހައި ހަރަކާތްތައް ރާއްޖެޓީވީގެ އިތުރުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ގެނެސްދޭން ފަށައިފިއެވެ.

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

ތިނަދޫ ސިޓީއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައިނުވާ ކަމަށާއި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ބަދަލު ކޮށްފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި 15 ދުވަހަށް ޖަލަށް ލި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންކޮށްފި އެވެ.

ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު މި ސަރުކާރުގައި ހުއްޓިފައިވާކަން ހާމަވެއްޖެ އެވެ.

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…