މިހާރު ބާޒާރުގައި ހުރި ތަކެތި ޤަވާއިދާ އެއްގޮތަށް ލޭބަލްކުރަން 6 މަސް ދުވަހުގެ މުއްދަތެއް ދީފި
ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށް ލޭބަލްކޮށްފައިވާ ކާބޯތަކެތި، އާ މިންގަނޑުތަކަށް ފައްތަން ވިޔަފާރިވެރިންނަށް ހަ މަސް ދުވަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.