މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހއ.އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި ކަމަށާއި، އެކަމުގެ ސަބަބުން މުޅި ރަށް ގިރަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.