Live 13,991 stories Updated Oct 24, 2026
Showing: PSM
Browse topics PSM

PSM

Live feed

"އަމާޒަކީ ހަރުދަނާ މާލީ ނިޒާމެއްގެ ތެރެއިން ލޮޅުންތަކަށް ތައްޔާރުވެފައިވާ އިޤުތިޞާދެއް ބިނާކުރުން"

ހަރުދަނާ މާލީ ނިޒާމަކާއި ޒިންމާދާރުކަމުގެ ތެރެއިން އިޤުތިޞާދީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިޤުތިޞާދެއް ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓެންޓ…

ނައިބޮލި ވޮލީ ޗެލެންޖް: ޗެމްޕިއަންކަން ބަޒޫކާ އާއި ނައިފަރު ޗެލްސީ އަށް

ނައިފަރު ކައުންސިލުގެ ވޮލީބޯޅަ މުބާރާތް, ނައިބޮލި ވޮލީބޯޅަ ޗެލެންޖުގެ ޗެމްޕިއަންކަން ބަޒޫކާ އާއި ނައިފަރު ޗެލްސީ ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ބަޒޫކާ އިންނެވެ. އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ނައިފަރު ޗެލްސީއެވެ. ބަޒޫކާ ފިރިހެން ޑިވި…

ނޮޓިންހަމް އާއި އިޕްސްވިޗް އެއްވަރުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިޕްސްވިޗް ޓައުން އާއި ދެކޮޅަސް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. އިޕްސްވިޗްގެ ޕޯޓްމަން ރޯޑުގައި 29 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުގެ ނޮޓިންހަމްއަށް ލިބުނު ޕޮއިންޓާއެކު އެ ޓީމު ވަނީ ރެލިގޭޝަން ޒޯނުން…

"ހަށިހެޔޮރާއްޖެ" ބައިވެރިންނަށް މުހިންމު ސެޝަންތަކެއް

ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ޤައުމީ ޕްރޮގްރާމު "ހަށިހެޔޮރާއްޖެ" މާލޭގައި ފެށިގެން ކުރިއަށްދާއިރު، ޕްރޮގްރާމުން ތަމްރީނުވަމުންދާ ސްޕޯޓްސް ކައުންސެލަރުންނަށް މުހިންމު ސެޝަންތަކެއް ކުރިއަށް އެބަގެންދެއެވެ. މިމަހު…

އިސްކަންދެނީ ގެއްލުން ދެނެގަނެ، އަވަހަށް އެހީތެރިކަން ފޯރުކޮށްދޭން: އެންޑީއެމްއޭ

އެކި ކާރިސާތަކުގައި ލިބޭ ގެއްލުން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ. އެންޑީއެމްއޭއިން މިފަދައިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ އޮތޯރިޓީން ކުރަމުންދާ މަސައްކަ…

ޕަންޕުތައް ފޯރުކޮށްދީ، ގެއްލުން ކުޑަކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ދިފާއީ ވުޒާރާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމަށް ބޭނުންވާ ޕަންޕު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކަކަށް އ…

އިންޖީނު ހުއްޓުނު ލޯންޗަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ލޯންޗެއްގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހުމާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ރ. ދުވާފަރުން ކަނދޮޅުދުއަށް ދަތުރުކުރި "ޔާލު ސްޕީޑް" ލޯންޗުގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހުމާ ގުޅިގެން، ދުވާފަރު ޕޮލިސް ސްޓޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއަދު ހަވ…

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި، އދގެ ޑޭޓާ ފޯރަމް ފަސްކޮށްފި

މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރާއި ވިޔަފާރީގެ ހަރަކާތްތަކަށް ހުރަސްއެޅި، މިއަހަރުގެ ނޮވެމްބަރު މަހު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިއޮތް އދ. ގެ ވޯލްޑް ޑޭޓާ ފޯރަމާއި ސައުދީގެ ދެވަނަ ސްޓެޓިސްޓިކަލް ފޯރަމް 2027 ވަނަ އަހަރަށް ފަސްކޮށްފިއެވެ. މިކަން ހާމަކޮށްފަ…

ވިއްސާރާގައި އުތުރުގެ ރަަށްތަކަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކޮށްފިއެވެ. ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ހދ. އަތ…

Loading fresh headlines…