އެކި ކާރިސާތަކުގައި ލިބޭ ގެއްލުން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން މިފަދައިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެއެވެ.

އެންޑީއެމްއޭގެ ޑިރެކްޓަރ ޕޮލިސީއިން އެންޑް ޕްލޭނިންގ ކާޝިފް ނަސީރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެންވެސް ރާއްޖޭގެ ސަރަޙައްދުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ކައުންސިލްތަކުން ލިބޭ މައުލޫމާތުތަކަށް ބަލައި އެ އޮތޯރިޓީގެ އެމަރޖެންސީ މެނޭޖްމަންޓު ޓީމުތަކުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ކާޝިފް ވިދާޅުވީ ފެން ހިންދާ ނިމުމުން ލިބުނު ގެއްލުން ދެނެގަތުމަށް އެސަސްމަންޓު ހެދުމުގެ މަސައްކަތް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާނެކަމަށާއި، ރިޕޯޓް ލިބުމާއެކު ލިބޭ ގެއްލުން ބަލައި ޒަރޫރީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ކާޝިފް ވިދާޅުވީ އެ އޮތޯރިޓީގެ ކޮމިއުނިޓީ ރެޒިލިއަންސް ބިލްޑިން ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ޑިޒާޒްސްޓަރ މެނޭޖްމަންޓު ޕްލޭން، އަދި ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމުތައް އެކުލަވާލުމުގެ މަސައްކަތް މީހުން ދިރިއުޅޭ 72 ރަށެއްގައި ހިނގާފައިވާކަމަށް ވިދާޅުވިއެވެ.

އިސްކަންދެނީ ގެއްލުން ދެނެގަނެ، އަވަހަށް އެހީތެރިކަން ފޯރުކޮށްދޭން: އެންޑީއެމްއޭ
އިސްކަންދެނީ ގެއްލުން ދެނެގަނެ، އަވަހަށް އެހީތެރިކަން ފޯރުކޮށްދޭން: އެންޑީއެމްއޭ
ވިއްސާރައިގަ ގެއެއްގައި ފެންބޮޑުވެ، ގެއްލުންވެފައި / ފޮޓޯ: އެންޑީއެމްއޭ

އެންޑީއެމްއޭގެ މަސައްކަތުގެ ދަށުން މިވަގުތު އެހީތެރިކަން ފޯރުކޮށްދެނީ ހަމައެކަނި ގެތަކަށް ލިބޭ ގެއްލުމާއި ހިފައިގެންގުޅޭތަކެއްޗައް ލިބޭ ގެއްލުކަމަށް އެކަނިކަމަށާއި، ދިމާވާ ހާދިސާއެއްގެ ސަބަބުން ފެން ވަދެން އެހެން ތަނަކަށް ބަދަލުކުރަން ޖެހިއްޖެނަމަ އެންމެ އިސްކަމެއްދެނީ ފެން ހިންދައި އަލުން ގެޔައް ބަދަލުކުރުމުގެ މަސައްކަތްކަމަށެވެ. އެހީސާބުންވެސް ގެޔަކަށް ވަދެވޭވަރު ނުވާނަމަ ގެސްޓު ހައުސް ނުވަތަ ސުކޫލް ފަދަ ތަންތަނުގައި އިންތިޒާމު ހަމަޖައްސާކަމަށް ކާޝިފް ވިދާޅުވިއެވެ.

"ރަށު ކައުންސިލާއި ނުވަތަ ސިޓީ ކައުންސިލާއި ގުޅިގެން މިކަން މިކުރަނީ ޑީ ވޯޓަރިންއަށް ފަހުގައި. ގެތަކަށް ޒިޔާރަތްކޮށް ފޯމުތައ ފުރައި، އެ ފޯމުތައް އަޅުގަނޑުމެންނާއި ހަމައަށް އައިސް، އޭގެ ޑެމޭޖް އެސެސްމަންޓުތަކަށް ބިނާކޮށް އަޅުގަނޑުމެންގެ އެހީތެރިކަން މި ފޯރުކޮށްދެނީ. ޒަރޫރީ ގޮތުން ޒަރޫރީ ދިރިއުޅުމަށް ބޭނުންވާ، ކަންކަމަށް ބަލާގައި، އެ އެހީތެރިކަން އެންމެ އަވަސް ފުރުސަތެއްގައި ފޯރުކޮށްދެވޭތޯ ބަލަނީ" ކާޝިފް ވިދާޅުވިއެވެ.

އާންމުކޮށް ފެންބޮޑުވާ ސަަރަހައްދުތެއް ނުވަތަ ރަށެއްނަމަ، ވިއްސާރާވާނެކަމަށް މެޓް އޮފީހުން ނެރޭ އިސްތިމާސްތަކަށް ސަމާލުކަންދީ ދުރާލާ ތައްޔާރުވުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. މޫސުމީ ސަމާލުތައް ބަލައި، ޕަންޕުތައް ތައްޔާރީ ހާލަތުގައި ބެހެއްޓުން މުހިންމުކަމަށާއި، ފެން ވަންދެދާނެކަމަށް ލަފާކުރެވޭނަމަ، މުދަލާއި ތަކެތި ވީމިންވަރަކުން ރައްކާތެރިކުރުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.