ނައިފަރު ކައުންސިލުގެ ވޮލީބޯޅަ މުބާރާތް, ނައިބޮލި ވޮލީބޯޅަ ޗެލެންޖުގެ ޗެމްޕިއަންކަން ބަޒޫކާ އާއި ނައިފަރު ޗެލްސީ ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ބަޒޫކާ އިންނެވެ. އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ނައިފަރު ޗެލްސީއެވެ.
ބަޒޫކާ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސީދާ 3 ސެޓުން ނައިފަރު ޗެލްސީ ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ބަޒޫކާ އިން ގެންދިޔައީ 25-21, 25-15 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބަޒޫކާގެ ބިދޭސީ ކުޅުންތެރިޔާ މަހޭލާއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ބަޒޫކާގެ މުޙައްމަދު އާޒިމް, އިބްރާހީމް ފަޟީލް, އަޙުމަދު ސައިފުالله, ނައިފަރު ޗެލްސީގެ މުޙައްމަދު ހަމްދާން އަޙްމަދު, އަހުމަދު ޔާމީން އަދި ލިބެރޯ ބަޒޫކާގެ އަޙްމަދު އަކްރަމެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ބަޒޫކާގެ މަހޭލާއެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ބަޒޫކާގެ އިބްރާހީމް އަސްލާން ހާމިދެވެ. އެންމެ މޮޅު ކޯޗަކީ ބަޒޫކާގެ ކޯޗު އިސްހާގު އަލީއެވެ.

ނައިބޮލި ވޮލީ ޗެލެންޖް: ޗެމްޕިއަންކަން ބަޒޫކާ އާއި ނައިފަރު ޗެލްސީ އަށް
ނައިބޮލި ވޮލީ ޗެލެންޖް: ޗެމްޕިއަންކަން ބަޒޫކާ އާއި ނައިފަރު ޗެލްސީ އަށް

އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ވަޒީރު ތަށި ހަވާލުކޮށްދެއްވަނީ

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ނައިފަރު ޗެލްސީ ހޯދީ ފައިނަލުގައި 3-1 ސެޓުން ޖީޖީ ސްޕޯރޓްސް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ޖީޖީ އިންނެވެ. އެއީ 26-24 އިންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު 25-19, 28-26 އަދި 25-19 އިން ގެންދިޔައީ ނައިފަރު ޗެލްސީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނައިފަރު ޗެލްސީގެ ކިރްގިސްތާން ކުޅުންތެރިޔާ ރޯޒާއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އެޕެކްސް ސްޕޯރޓްސް ކްލަބްގެ ދުންޔާ ޢަލީ, ޖީޖީ ސްޕޯރޓްސްގެ މަރްޔަމް ލުޔޫނާ, އާއިޝަތު މުފްލިހާ, އަޔޫން ޢަބްދުލްޙަމީދު, ޗެމްޕިއަން ނައިފަރު ޗެލްސީގެ ފިރާޝާ އާދަމް, ޙައްވާ ޝިފާނާޒު, އަދި ލިބެރޯ ނައިފަރު ޗެލްސީގެ ޙައްވާ ނާޒެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ނައިފަރު ޗެލްސީގެ ޔަރާ މުޙައްމަދެވެ. އެންމެ މޮޅު ކޯޗަކީ ނައިފަރު ޗެލްސީގެ ކޯޗު މުޙައްމަދު ނޫރުالله ޢަބްދުالله އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު ޢަބްދުالله ރާފިއުއެވެ.