ލޯންޗެއްގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހުމާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ރ. ދުވާފަރުން ކަނދޮޅުދުއަށް ދަތުރުކުރި "ޔާލު ސްޕީޑް" ލޯންޗުގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހުމާ ގުޅިގެން، ދުވާފަރު ޕޮލިސް ސްޓޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިއަދު ހަވީރު 16:56 ހާއިރު މި ހާދިސާ ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން ޑިންގީއެއްގައި ގޮސް ތިން މީހުންނާއެކު ދަތުރުކުރި އެ ލޯންޗު ކަފުޖަހައިގެން ދުވާފަރު ފަޅަށް ވައްދައި، އިންޖީނު މަރާމާތުކުރުމުގައި ވަނީ އެހީތެރިވެދީފައެވެ. އަދި މި ދަތުރުގައި ބައިވެރިވި މީހުންގެ ތެރެއިން ހާލު ދެރަވި ބަންގްލަދޭޝް މީހާއަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާއިރު، އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައްވެސް ގަދަވުމާއި ގުޅިގެން މޫސުމަށް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމުގެ މައުލޫމާތު އޮޅުން ފިލުވައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ދަތުރު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އިންޖީނު ހުއްޓުނު ލޯންޗަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed